ޣައްޒާގައި ހަނގުރާމައަށް 431 ދުވަސް: މިހާތަނަށް 60،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި

ޣައްޒާގެ ހަނގުރާމައަށް 431 ދުވަސް ވެފައިވާއިރު ޣައްޒާގެ ހާލަތާ ބެހޭ ގޮތުން ރޭ ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބާސަލް މަޢުލޫމާތަދެއްވައިފިއެވެ.

މަހްމޫދު ބުނުއްވީ ޣައްޒާގެ އުތުރުގައި އިސްރާއީލުގެ ނިރުބަވެރިން މިދިޔަ އޮކްޓޯބަރުމަހު 5ވަނަ ދުވަހު ފެށި އޮޕަރޭޝަނުގައި މިހާތަނަށް 4،000އަށްވުރެ ގިނަ މީހުން ޝަހީދުވި ކަމަށް ނުވަތަ ގެއްލުނު ކަމަށް ރިޕޯޓްކޮށްފައި ވާކަމަށެވެ. އަދި 12،000 މީހުން ޒަހަމްވެފައިވާ ކަމަށް ވެސް އޭނާ ބުނުއްވައެވެ. އަދިކުށެއް ނެތް މީހުންނާ ދެކޮޅަށް އަދިވެސް މި ގަތުލުއާންމު ހިންގަމުންދާކަމަށް އޭނާ ވަނީ ބުނެފައެވެ.

"ފަލަސްޠީނުގެ ރައްޔިތުންނަށް ދީފައި މިވަނީ ޚިޔާލައް ވެސް ނުގެނެވޭވަރުގެ  ބޮޑެތި ގެއްލުންތަކެއް އަދި މީހުން މެރުމުގެ ސަބަބުން ޣައްޒާގެ މަދަނީ ދިފާޢީ ނިޒާމު  ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް އަހަރެން ދެން." ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބާސަލް ބުނުއްވިއެވެ.

ހަނގުރާމައިގައި މިހާތަނަށް ޣައްޒާ ސިވިލް ޑިފެންސް ޓީމުތަކުގެ 89 މެމްބަރުން ޝަހީދުކޮށްލާފައިވާއިރު، 300އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި މީގެ އިތުރަށް އިސްރާއީލުގެ ލާއިންސާނީ ޓެރަރިސްޓޫން ވަނީ 22 މީހުން ހައްޔަރު ވެސް ކޮށްފައެވެ.

އިޒްރޭލުގެ ޓެރެރިސްޓު ހަނގުރާމަވެރިން ވަނީ ޣައްޒާ ސިވިލް ޑިފެންސުގެ 72 އުޅަނދުގެ ތެރެއިން 40 ފަޔާ ރެސްކިއު އުޅަދާއި އެމްބިއުލާންސް ވެހިކަލް ތަކެއް ހަލާކުކޮށްފައެވެ. ދެން ހުރި ވެހިކަލްތަކަށް ހުރީ ބޭނުންކުރެވޭ ވަރަށްވުރެ ބޮޑަށް ހަލާކުވެފައެވެ.

"މިނިވަންކޮށް އޮތް ދުނިޔެއަށާއި ވިސްނުތެރި ރައްޔިތުންނަށް އަހުރެމެންދޭ މެސެޖަކީ ޣައްޒާއާ ދެކޮޅަށް ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ހުރިހާ ސްކޮޔަރތަކާއި އެމްބަސީތަކުގައި އެއްބައިވަންތަކަން ދެއްކާށެވެ!" ބަސީލު ބުނުއްވިއެވެ.

 ބަސީލު އިތުރަށް ބުނުއްވީ މިހާތަނަށް 60،000އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 6،000 އަންހެނުންނާއި 14،000 ކުޑަކުދިން ހިމެނޭ ކަމަށެވެ.

އަދި ހަމައެހެންމެ އެތައް ހާސް ކުދިންނެއް މަންމައާއި ބައްޕަގެއްލި ޔަތީމުވެފައި ވެއެވެ.  ޣައްޒާގެ ހުރިހާ ގަވަރނަރޭޓްތަކެއްގައި ސިވިލް ޑިފެންސްގެ އިންސާނީ ޚިދްމަތްތައް ނިއުޓްރަލައިޒްކޮށް، ޚިދުމަތުން ބޭރުވެފައިވާ ކަމަށް ކަނޑައެޅުމާ މިހާރު ގާތްވެފައިވާ ކަމުގެ އިންޒާރު ވެސް ބަސީލް ވަނީ ދެއްވައިފައެވެ.

ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާނުލައިފިނަމަ ޣައްޒާގެ ދެ މިލިއަނަށް ވުރެ ގިނަ ރައްޔިތުން މަރުވެގެން ހިނގައިދާނޭ ކަމަށް ވެސް ބަސީލު ބުނުއްވިއެވެ.

އަދި މި ހަނގުރާމަ މި ގޮތުގައި ދެމިއޮވެ އިންސާނީ އެހީއާއި ނުފޫޒު ފޯރުވުމެއް ނެތި އަހުރެމެންގެ ރައްޔިތުން ދޫކޮށްލުމުގެ ޒިންމާ އުފުލަންޖެހެނީ އިސްރާއީލުގެ ނަމުގައި ގަދަކަންދައްކަމުން އަން ޖަމާޢަތުގެ ވެރިކަމުގައި ތިބި މީހުންނާއި އެމެރިކާ ސަރުކާރުން ކަމަވެސް އޭނާ ބުނުއްވިއެވެ.

މަދަނީ ދިފާއީ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ތެލާއި ވެހިކަލް އަދި އާލާތްތައް އެތެރެކުރުމުގެ ހުއްދަ ދިނުމަށް އިސްރާއީލުގެ ބާރުގެ ދަށަށް ދިއުމަށް ޕްރެޝަރު ކުރުމަށް އިންސާނީ އެހީދޭ ޖަމިއްޔާތަކަށާއި އދ.ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ބަސީލު ވަނީ ގޮވައިލައްވައިފައެވެ.

ވަގުތުން ވަގުތަށް އެކީއެކަށް ހަނގުރާމަ ހުއްޓާލުމަށާއި، ކުޑަކުދިންނާއި މިސްކީނުންގެ އާއިލާތަކަށް އިންސާނީ އެހީތެރިކަން ރައްކާތެރިކަމާ އެކު އަވަހަށް ފޯރުކޮށްދިނުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ. ހުރިހާ ކްރޮސިންއެއް އަލުން އަވަހަށް ހުޅުވައިލުމަށް ގޮވާލާ ކަމަށް ވެސް އޭނާ ބުނުއްވިއެވެ.