ރޭއެކަނިވެސް ޣައްޒާގެ 33 މީހުން ޝަހީދުކޮށްލި!

ހައްދުފަހަނަޅާފައިވާ އިސްރާއީލުގެ ޔަހޫދީން ޣައްޒާގެ މެދުތެރެއާއި ދެކުނަށް ރޭ އެކަނިދިން ހަމަލާތަކުގައި 33 މީހުން ޝަހީދުކޮށްލައިފިއެވެ.

އެ ގޮތުން ޣައްޒާގެ މެދުތެރޭގެ ނުސައިރިއާތް ކޭންޕުގެ އަލް-ލައުޙް އާއިލާއަށް ނިސްބަތްވާ ގެއަކަށް ދިން ހަމަލާގައި 15 މީހުން ޝަހީދުކޮށްލާފައި ވެއެވެެ. މި ހަމަލާގައި ގިނައިން ޝަހީދުވީ ކުޑަކުދިންނެވެ. އޭގެތެރޭގައި 3 އަހަރުގެ ކުޑަކުއްޖެއް ވެސް ހިމެނެއެވެ.

އަދި މީގެ އިތުރުން ޣައްޒާގެ ދެކުނުގެ ރަފާޙްގެ ހުޅަނގު އުތުރުގައި ހުންނަ ފަޝް ފުރްޝް ސަހައްދުަގައި ހަރަކާތްތެރިވަމުންދިޔަ އެއިޑް ވޯކާސް ތަކަކަށް އަމާޒުކޮށްދިން ނިރުބަވެރި ހަމާލައިގައި 8 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. 

އަދި ޣައްޒާގެ ދެކުނުގެ ޚާން ޔޫނުސްގެ ހުޅަނގު ގައި އޮންނަ އަލް-ނަސް ރައުންޑުގައި މަސައްކަތް ކުރަމުންދިޔަ އެއިޑް ވޯރކާސް ތަކަކަށް ނިރުބަވެރި ހަމާލާދީ 7 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.  

މިއަދު ފަތިހުންފެށިހެން މިހާތަަނަށް ޣައްޒާގެ އެކިހިސާބުތަކުން 40 މީހުން ޝަހީދުކޮށްލާފައި ވާ ކަމަށް އަލް-ޖަޒީރާއިން ވަނީ ބުނެފައެވެ.