މިއަދު ހެނދުނު ހައުސިން މިނިސްޓްރީގައި ރޯވި އަލިފާނުގެ ސަބަބުން މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީސް އަނދާފައިވާތީ އެ ތަނުގައި ދެމުން ދިޔަ ހިދުމަތްތައް ވަގުތީ ގޮތުން ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.
މިއަދު ހެނދު،7:30 ހާއިރު ރޯވި މި އަލިފާންގަނޑު ރޯވީ، ހަައުސިން މިނިސްޓްރީގައި ހުރި ޓިނު އިމާރާތެއްގައެވެ. އަދި އެ އަލިފާނގަނޑު ކޮންސްޓްރަކްޝަން މިނިސްޓްރީ ހުރި އިމާރާތަށް ފެތުރި، އެ ދެ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
ސިޓީ ކައުންސިލުން ބުނީ ރޯވި އިމާރާތުގައި ކުރިން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް ހުޅުމާލޭގައި ހުންނަ އެ ކައުންސިލްގެ އޮފީހަށް ވަގުތީ ގޮތުން ބަދަލު ކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެއްވެސް މުވައްޒަފަކަށް އަދި އާންމުންގެ މީހަކަށް ވެސް އަނިޔާ އެއް ވެފައި ވާކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވެއެވެ.
އަލިފާންގަނޑު ކޮންޓްރޯލް ވީއިރު، ޓިނު ބިލްޑިންގ އަނދާ ހުލިވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ