މޭރީބްރައުން ކުރިމަތީ އޮތް ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭ މޭރީބްރައުން ކުރިމަތީ ޕާކުކޮށްފައި އޮތް ކާރެއްގައި މިއަދު ރޯވި އަލިފާންގަޑެއް  އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިއަދު 11:48 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ކާރުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 12:56 ހާއިރުއެވެ.

އަލިފާން ރޯވާން ދިމާވީ ކޮން ސަބަބެއް ކަން މިހާތަނަށް އެނގިފައި ނުވާއިރު އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވާކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.