އިސްރާއީލުން ޣައްޒާގެ ގެއަކަށް ހަަމަލާދީ 30 މީހުން ޝަހީދުކޮށްލައިފި

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާގެ އުތުރުގެ ހަމައެކަނި މަސައއކަތްކުރާ ހޮސްޕިޓަލު ކަމަުގައިވާ ކަމާލް އަދްވާން ހޮސްޕިޓަލުގެ ކައިރީގައި ހުންނަ އަބޫ ތަރާބިޝް އާލާގެ ގެއަށް ދިން ނިރުބަވެރި ހަމަލާގައި 30 މީހުން ޝަހީދުކޮށްލައިފިއެވެ.

މިހަމަލާގެ ސަބަބުން ކަމާލް އަދްވާން ހޮސްޕިޓަލަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވާގޮތުގައި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މި ހަމަލާދިން ގެ އަށް އެމްބިއުލޭސް އަށް ދިމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

އަދި މިހާތަަނަށް ސަލާމްތްކުރެވިފައިވަނީ 22 މީހުންގެ ހަށިގަނޑުކަމަށްވެސް ޣައްޒާގެ ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައެވެެ.

އަދިވެސް ގޭގެ ދަށުގައި ސަލާމަތްނުކުރެވޭ އެތައްބައެއް ހުރިކަމަށްވެސް ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާގައި ގިނަމީހުން ދިރިއުޅެމުން އަންނަ ގެތަކަށް ހަމަލާދިނުން މިވަނީ އާންމުކަމަކަށް ހަދާފައެވެ.

އެމީހުންގެ ބޭނުމަކީ ޣައްޒާގައި ދިރިއުޅޭ ހުރިހާއެންމެން މަރާލުމެވެ. ނުވަތަ "އެތްނިކްލީ ކްލިންޒް" ކޮށްލުމެވެ.

މި ނިރުބަވެރިންގެ ހަމަލާތަކުގައި އެތައް ޢާއިލާއެއް އެއްކޮށް ނެތިގޮސްފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން މިދިޔަ 14 މަހުގެ ތެރޭގައިވަނީ 46،100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އަދި 106,200 އަށްވުރެ ގިނަމީހުން ވަނީ ޒަހަަމްކޮށްލާފައެވެ.