މާލޭގެ އޮފީހަކަށް ވަދެ ލެޕްޓޮޕާއި އައިފޯން ވަގަށް ނެގި މީހަކުހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށީ ،ހަބީބީހަޕް، އިސްމާޢީލް ސާއިފް (39އ) އެވެ.
ފުލުހުން ބުނީ ހ. ފިލިމާގޭ ގްރައުންޑް ފްލޯގައިހުރި އޮފީހަކުން ވައްކަން ކޮށްފައިވާ މައްސަލަ ރިޕޯޓްކޮށްފައިވަނީ ޑިސެމްބަރު 9ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލައާ ގުޅިގެން އިސްމާޢީލް ސާއިފް ހައްޔަރުކުރީ އިއްޔެ ކަމަށްވެސް ވަނީ ބުނެފައެވެ.
ފުލުހުން ވިދާޅުވީ އޭނާ އެ އޮފީހުން ވަގަށް ނެގިކަމަށް ބެލެވޭ ދެ ލެޕްޓޮޕާއި، ދެ އައިފޯނާއި، އިއަރޕޮޑްސް އަދި އަތުކުރީ ގަޑި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ އެ އިދާރާއިން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު