ސޫރިޔާގެ ހަނގުރާމަވެރިން ގައިދީން މިނިވަންކޮށްފި

ދިމިޝްގުގެ ޖަލެއްގައި އުޅޭ ބައްޝާރު ބަރްހޫމް ޖަލުގޮޅީގައި މިއަދު ހެނދުނު ހޭލެވުނީ އެއީ އޭނާގެ ހަޔާތުގެ އެންމެ ފަހު ދުވަސް ކަމަށް ހީކޮށެވެ.

އުމުރުން 63 އަހަރުގެ ލިޔުންތެރިޔާ އަށް މަރުގެ އަދަބު ދޭން ނިންމާފައި އޮތީ ހަތް މަސް ވަންދެން ޖަލުގައި ބެހެއްޓުމަށް ފަހު އެވެ.

ނަމަވެސް ކޮޅީގެ ދޮރުމަތީގައި ތިބި މީހުންނަކީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަސަދުގެ ނުރައްކާތެރި ބާރުތަކުގެ މީހުން ނޫންކަން އޭނާއަށް ވަރަށް އަވަހަށް އެނގުނެވެ. އޭގެ ބަދަލުގައި އެބައިމީހުންނަކީ އެމީހުން މިނިވަންކުރަން އައި މީހުން ކަން އޭނާއައްށް އެންގުނެވެ.

އަސަދު އާއިލާގެ 50 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ 10 ދުވަހުގެ ތެރޭގައި ސޫރިޔާގެ އެކި ސަރަހައްދުތަކަށް ހަނގުރާމަވެރިން ވަދެ، ސިޔާސީ ގައިދީންނާއި 2011 ވަނަ އަހަރު ހަމަނުޖެހުންތައް ފެށި ފަހުން ގެއްލުނު އެތައް ހާސް ބަޔަކު މިނިވަން ކުރުމަށް ޖަލުތަކާއި ސަލާމަތީ މަރުކަޒުތަކަށް ވަދެ އެތައއ ހާސް ބައެއް ސަލާމަތް ކޮށްފިއެވެ އެވެ.

ދިމިޝްގުގައި އުފާފާޅުކުރަމުން ދިޔަ މިނިވަންވި މީހުންގެ ތެރޭގައި ބަރްހޫމް އަކީ އޭގެ ތެރެއިން އެކެކެވެ.

ބަރްހޫމްއަށް ޖަލުން އޭނާގެ ފޯނާއި ސާމާނު ނުފެނުމުން އަނބިމީހާއާއި އަންހެން ދަރިންނަށް އޭނާ ދިރިހުރިކަމާއި ރަނގަޅުކަން އަންގައިދޭނެ ގޮތެއް ހޯދަން ނިކުތެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހައިދީން ދޫކޮށްލުމާ އެކު ގިނަ އަދަދެއްގެ ގައިދީން އުފަލުގައި ދުވަމުން ދިޔަ އިރު، ބައެއް ގައިދީން ތިބީ ހުސްފައިގައި އަދި އަނެއް ބަޔަކު ކުޑަ ހެދުން އަޅައިގެންނެވެ. އޭގެ ތެރެއިން ގިނަބަޔަކު އުފާފާޅުކުރުމުގެ ގޮތުން ހަޅޭއްލަވަމުން ދިޔައީ ސަރުކާރު ވެއްޓުނުކަން އެނގުމުންނެވެ.

ސީރިއާގެ ޖަލުތަކުގައި އަނިޔާކުރުމާއި މަރުގެ އަދަބު ދިނުމާއި ބަނޑުހައިހޫނުކަމުގެ އަމަލުތައް ހިންގުން

ސީރިއާގެ ޖަލުތަކުގެ ހަރުކަށި ހާލަތުގެ ސަބަބުން އެގައުމުގެ ޖަލުތައް ވަނީ ބަދުނާމުވެފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ވިސްލްބްލޯކުރާ ފަރާތްތަކާއި ކުރީގެ ބަންދުގައި ތިބި މީހުން ބުނާ ގޮތުގައި އަނިޔާ ކުރުމަކީ ސިސްޓަމެޓިކް ކަމެކެވެ. ސީރިއާގެ އިންޓެލިޖެންސް އިން ހިންގާ ދެ ޑަޒަނަށް ވުރެ ގިނަ ފެސިލިޓީތަކުގެ އިތުރުން އެހެނިހެން ތަންތަނުގައި ވެސް ސިއްރު މަރުގެ އަދަބު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސީރިއާގެ އަސްކަރިއްޔާއިން "ސީޒަރު" ގެ ނަމުން ނަން ދީފައިވާ މީހަކު 2013 ވަނަ އަހަރު 53،000 އަށް ވުރެ ގިނަ ފޮޓޯ ވަގަށް ނެގި އިރު، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި ސީރިއާގެ ޖަލުތަކުގެ މަރުކަޒުތަކުގައި ބޮޑެތި އަނިޔާތަކާއި ބަނޑުހައިހޫނުކަން ހުރި ކަމުގެ ސާފު ހެއްކެއް ވެސް ފެނެ އެވެ.

ސޫރިޔާގެ ސަލާމަތީ ބާރުތަކާއި ޖަލުތަކުގެ ސަބަބުން އަސަދުގެ ވާދަވެރިން އެކަހެރިކުރުމުގެ އިތުރުން އަމިއްލަ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދާފައެވެ.

"އަސަދުގެ ނުރައްކާތެރި ޖަލަކަށް ވަންނަން ޖެހިދާނެތީ ސޫރިޔާގެ ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައި،" ޚަތީބު ވިދާޅުވި އެވެ. "އަސަދު މި ބިރުވެރިކަމުގެ ސަގާފަތް ތަރުބިއްޔަތު ކުރެއްވީ ކޮންޓްރޯލް ދެމެހެއްޓުމަށާއި ސިޔާސީ އިދިކޮޅު ފަރާތްތައް ރޫޅާލުމަށް."

ދިމިޝްގުގެ އުތުރުން ސައިދްނާޔާ އަސްކަރީ ޖަލުގައި " އިންސާނުން ކަތިލާ" ގެ ނަމުން މަޝްހޫރުވެފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އާއި އެހެނިހެން ޖަމާއަތްތަކުން ބުނާ ގޮތުގައި ސައިދްނާޔާގައި ކޮންމެ ހަފުތާއަކު އެތައް ބަޔަކު ސިއްރުން މަރުގެ އަދަބު ދީފައިވާއިރު، 2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދު ސޫރިޔާގެ 13،000 މީހުން ވަނީ މަރުވެފަ އެވެ.

"ބިރުނުގަންނާށޭ... ބައްޝާރު އަސަދު ވެއްޓިއްޖެ! ކީއްވެ ބިރުގަންނަނީ؟" ހަނގުރާމަވެރިން މީހުންގެ ތެރެއިން އެކަކު އެމީހުންގެ ތޮއްޖެހިފައިވާ ކުދި ކުދި އަންހެނުންގެ ސެލްތަކުން ހުޅުވުމަށް އަވަސްކުރަން މަސައްކަތް ކުރަމުން ބުންޏެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ހަނގުރާމައިގެ މޮނިޓަރެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ ރާމީ އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ މިނިވަންކޮށްފަ އެވެ.

އެތައް އަހަރެއް ވަންދެން ގެއްލުނު މީހުން އާއިލާތަކުން ހޯދަނީ

ތިން އަހަރު ވަންދެން ބަންދުގައި ބަހައްޓައިގެން ކެނޑިނޭޅި އަނިޔާތަކުން ސަލާމަތްވި އުމަރު އަލްޝޮގްރޭ ސީރިއާއާ ދުރުގައި ހުންނަ އޭނާގެ ގެއިން ހައިރާންކަމާއެކު ބަލަހައްޓައިގެން ތިއްބެވީ ބަންދުގައި ތިބި އެތައް ބަޔަކު ފިލައިގެން ދާ މަންޒަރު ވީޑިއޯތަކުން ފެންނަ މަންޒަރެވެ.

"ދުނިޔޭގެ ސަތޭކަ ޑިމޮކްރަސީއަކުން އެމީހުންނަށް އެހީވުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާއިރު، މިހާރު އަސްކަރީ ބައެއް ޖަމާއަތްތައް ފައިބައިގެން ޖަލަށްލުމަށްފަހު ޖަލު ފަޅާލި،" މިހާރު ސްވިޑަން އާއި އެމެރިކާގައި ދިރިއުޅުއްވާ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ އަލްޝޮގްރޭ އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވި އެވެ.

އަދި ހައްޔަރުކުރި މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކުން ވަނީ އަސަދު ވެއްޓުމުން ކަމުގެ އުފާފާޅުކުރުން ހުއްޓާލާފައެވެ. އޭގެ ބަދަލުގައި އެމީހުން ޖަލުތަކާއި ސެކިއުރިޓީ ބްރާންޗް ސެންޓަރުތަކުގެ ބޭރުގައި އެމީހުން އިންތިޒާރު ކުރީ ލޯބިވާ މީހުން ތިބޭނެ ކަމުގެ އުއްމީދުގަ އެވެ.

"މި އުފާވެރިކަން ފުރިހަމައެއް ނުވާނެ އަޅުގަނޑުގެ ދަރިފުޅު ޖަލުން ބޭރުގައި އުޅޭތަން ނުފެނިއެެއް، އޭނާ ހުރި ތަނެއް އެނގިގެން ނޫނީ،" ބައްސާމް މަސްރީ ވިދާޅުވި އެވެ. ދެގަޑިއިރު ވަންދެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. އޭނާ ބަންދުކޮށްފައި ހުންނަތާ 13 އަހަރު ވެއްޖެ،" 2011 ވަނަ އަހަރު ސޫރިޔާގެ ބަޣާވާތް ފެށުނު ފަހުން ނެވެ.

ދިމިޝްގުގެ ކޯޓް އޮފް ޖަސްޓިސް އަށް މީހުން އެއްވެފައި ވަނިކޮށް، ހަމަނުޖެހުން ކޮންޓްރޯލް ކުރަން ބަޣާވާތް ކުރި މީހުންނަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

އޭޕީއާ ވާހަކަ ދައްކަމުން ހަމައެކަނި ފުރަތަމަ ނަން ދިން ހެބާ ބުނީ 2011 ވަނަ އަހަރު ވަގަށް ނެގި ކާރެއް ރިޕޯޓް ކުރަމުން ދަނިކޮށް އަތުލައިގަތް ކޮއްކޮ އާއި ދައްތަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ފަހުން ފެނިފައި ނުވާ ކަމަށެވެ.

އެމީހުން އަހަރެމެންގެ ތެރެއިން އެހާ ގިނަ ބަޔަކު ގެންދިޔައީ،" މަންމަގެ ކަޒިން ވެސް ގެއްލުނު ހެބާ ބުންޏެވެ. "އަހަންނަށް އެމީހުންނާ ބެހޭ އެއްވެސް ކަމެއް ނޭނގޭ... އެމީހުން [އަސަދު ގެ ސަރުކާރުން] އަހަރެމެންގެ ހިތްތައް އަންދާލި."

މިއީ މިގަފަ އެތައްވާހަކައެއްގެ ތެތެއިން ވަރަށް ކުޑަމިންވަރެކެވެ.

ނަމަވެސް އަދި މިނިވަން ނުކުރެވޭ އެތައް ހާސް ގައިދީންނެއް ރެޑް ޕްރިޒަންގައި އެބަތިއްބެވެ.އެއީ ބިމިއަޑީގައި ތިބި މީހުންނެވެ. އެމީހުން ސްލާމަތްކުރެވިފައި ނުވަނީ އެތަނަށް ވަންނާނެ ދޮރު ފެނިފައިނުވާތީއެވެ. އަދި ޕޮރިޒަންގެ ބައެއް ސަރަހައްދުތަކުންވަނީ ޕޮޓޯނަގައި ވީޑިއޯކޮށް މީސްމީޑިއާގައި އާންމުކުރުން މަނާކޮށްފައެވެ. އެއީ އެތާންގައި ތިބި ޤައިދީންނަށް ޖައްސާފައިވާ އިްނސާނީ  ހާލަތުގެ ނުރައްކާތެރިކަމަުގެ ސަބަަބުންނެވެ.