ޗައިނާގެ ކަނޑުގެ އަސްކަރީ އުޅަނދުތައް ތައިވާނުގެ ކަނޑުގެ ސަރަހައްދަށް

ބެއިޖިން (އޭޕީ) - ތައިވާންގެ ރައީސް ދާދި ފަހުން ހަވާއީ އާއި ގުއާމަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ޗައިނާގެ އަސްކަރިއްޔާއިން ތަމްރީނުތަކަކަށް ތައްޔާރުވަމުން އަންނަ ކަމަށް ބެލެވޭ ކަމަށް އެ ޤައުމުން ބުނެފިއެވެ .

ތައިވާނުގެ  ދިފާއީ ވުޒާރާއިން ބުނީ އެ ޤައުމުގެ ކަނޑުއޮޅިއާއި ހުޅަނގު ޕެސިފިކް ސަރަހައްދަށް ޗައިނާގެ ކަނޑުގެ ސިފައިންނާއި ކޯސްޓުގާޑުގެ އުޅަނދުތައް ވަންނަކަން އެނގުނު ކަމަށެވެ. އަދި ޗައިނާއިން ބުދަ ދުވަހުގެ ނިޔަލަށް އެ ޤައުމުގެ ދެކުނުއިރުމަތީ އައްސޭރިފަށުގެ ވައިގެ ސަރަހައްދު މަނާކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޗައިނާގެ ފަރާތުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޓައިވާނުގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިމަޖެންސީ ރެސްޕޮންސް ސެންޓަރެއް ޤާއިމުކޮށް، ކޮމްބެޓް ރެޑީނެސް އެކްސަސައިޒްތައް ފަށާފައިވާ ކަމަށެވެ. އެހެނަސް އެ ކަސްރަތުތަކަކީ ކޮބައިކަމެއް ބުނެފައެއް ނުވެއެވެ.

ޗައިނާ ސަރުކާރުން ބުނަނީ ތައިވާނަކީ އެ ޤައުމުގެ ސަރަހައްދުގެ ބައެއް ކަމަށާއި އަމިއްލަ ވެރިކަން ކުރާ އެ ގައުމަށް އެމެރިކާގެ ތާއީދާއި އަސްކަރިއްޔާ ގެ އެހީއާއި ދެކޮޅު ކަމަށެވެ. ޓައިވާނުގެ ރައީސް ލައި ޗިންގް-ޓޭ ވަނީ ޕެސިފިކް ސަރަހައްދަށް ކުރެއްވި ހަފުތާއެއްގެ ދަތުރުފުޅުގައި ހަވާއީ އާއި ގުއާމަށް މަޑުކުރައްވައިފައެވެ.

ޗައިނާއިން ބުނަމުން ދަނީ ތައިވާނަކީ އަމިއްލަ ރައީސެއް ނުވަތަ ހާރިޖީ ގުޅުމެއް އޮންނަން ނުޖެހޭ ޕްރޮވިންސެއް ކަމަށެވެ.

ތައިވާނުގެ ބަޔާނާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިންގް ބުނުއްވީ "ޓައިވާނުގައި ދިފާއީ ވުޒާރާއެއް ފަދަ އެއްވެސް ކަމެއް ނެތްކަން ފާހަގަކުރަން ޖެހޭ ކަމަށެވެ. ތައިވާނަކީ ޗައިނާގެ ބައެއް ކަމަށާއި ތައިވާނުގެ މައްސަލައަކީ ޗައިނާގެ ދާހިލީ ކަންކަން ކަމަށެވެ. ގައުމީ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަން ޗައިނާއިން ހަރުދަނާގޮތެއްގައި ހިމާޔަތް ކުރާނެ." ކަމަށެވެ.