ފަތުރުވެރިއެއް ގޮތުގައި އައިސް ވިޔަފާރި ކުރަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި

ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ އައި މީހަކު، ވިޔަފާރި ހިންގަމުންދާ ކަމަށް  މޯލްޑިވްސް އިމިގްރޭޝަނަށް ލިބުނު މައުލޫމާތަކާގުޅިގެން ބިދޭސީއެއް އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. 

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ކުއިޕިން ފެންގް ނަމަކަށް ކިޔާމީހެކެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާގޮތުން ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އައި މީހަކު ވިޔަފާރި ހިންގުމުގެ އިތުރުން އާންމު ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަތައް ވެސް މީހުން ރިޕޯޓުކުރެއެވެ. 

މިފަދަ އެއްވެސް ޙަރަކާތެއް ފާހަގަކުރެވިއްޖެނަމަ imuga.immigration.gov.mv/report-offence މެދުވެރިކޮށް ރިޕޯޓުކުރުމަށް އިމިގްރޭޝަނުން ވަނީ އެދެފައެވެ.

ދިވެހިރާއްޖެ އަމާންކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ.