ރައީސުލްޖުމްހޫރިއްޔާ އއ. މަތިވެރި ސްކޫލަށް ޒިޔާރަތްކުރައްވައިފި

11 މަސް ކުރިން
|
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. މަތިވެރި ސްކޫލަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. އެ ރަށު ސްކޫލުގެ އެކިއެކި ތަންތަން ބައްލަވައިލައްވައި، ސްކޫލް މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ. 

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެ ސްކޫލުގައި ކުރަމުން އަންނަ އައު އިމާރާތް ބައްލަވައިލައްވައި މި ވަގުތަށް ހުރި މުހިންމު ކަންކަމާ މެދު މަޝްވަރާ ހިންގެވިއެވެ. 

ސްކޫލުގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާއި އިމާރާތައް ގެނެވިދާނެ ކުރިއެރުންތަކާއި ދުރުރާސްތާ ވިސްނުމުގައި މަތިވެރީގެ ތަޢުލީމަށް ގެނެވިދާނޭ ކުރިއެރުންތަކާ މެދު އެ މަނިކުފާނުވަނީ މަޝްވަރާކުރައްވައިފައެވެ.