ސީރިޔާގައި ބައްޝާރާ އިދިކޮޅަށް ކާމިޔާބު ހޯދި ފަރާތްތަކަށް ދާޢީދުކުރާ ސަޕޯޓަރުން އެ މީހުން ތިބި ޤައުމުތަކުގައި ހުރި އެންބަސީތަކުގައި ނަގާފައި ހުރި ދިދަތައް ތިރިކުރުވާ އައު ދިދަތައް ނަގަމުން އަންނަ ކަމަށް ރޮއިޓަރސް އިން ޚަބަރުކޮށްފިއެވެ.
ބައްޝާރުގެ ސަރުކާރު އޮތް އިރު ސީރިޔާގައި ގެންގުޅުނު ދިދައިގައި ދިދައިގެ މެދު ގައި އޮންނަ ހުދު ބަންދުގައި 2 ތަރި އޮންނަ އިރު، ބައްޝާރުގެ މައްޗަށް ކާމިޔާބު ހޯދި ޖަމާޢަތްތަކުން ގެންގުޅެމުން އައި ދިދައިގައި އޮންނަނީ މެދުގައި އޮންނަ ހުދު ބަންދުގައި 3 ތަރިއެވެ. މިހާރު އެންބަސީތަކުަގައި 3 ތަރި ޖެހި ދިދަތައް ނަގަމުން އެބަގެންދެއެވެ.
މިކަން މިމަގުން ހިނގާފައި ވާ ކަމަށް ރޮއިޓަރސުން ބުނާ ޤައުމުތަކުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.
މި ޤައުމުގެ މެޑްރިޑްގައި ހުންނަ އެންބަސީ ކައިރިއަށް އެއްވެ ތިބި 150 ސަޕޯޓަރުންގެ ތެރެއިން މީހަކު، ބައްޝާރުގެ ސަރުކާރުން ގެންގުޅު ދިދަ ދަނޑިން ބާލައި ބިންމައްޗަށް އެއްލައިލުމަށްފަހު މިހާރުގެ ތިން ތަރި ޖެހި ދިދަ، ދަނޑިއަށް އުފުލިއެވެ.
"މިއީ ސީރިއާގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބުނު ތާރީޚީ ދުވަހެއް. 8 ޑިސެންބަރު 2024. ސީރިޔާގެ އެންމެންނަށް މި ލިބުނީ މިނިވަން ޤައުމެއް." އެންބަސީ ކައިރީ އެއްވެފައި ތިބި މީހުންގެ ތެރެއިން 32 އަހަރުގެ ޑެންޑިސްޓް ބިލާލް ކުޓައިނީ ބުންޏެވެ.
މި ޤައުމުގެ ވެރިރަށް އެތަންސްގައި ހުންނަ އެންބަސީގެ ދިދަ ދަނޑިއަށް ތިން ތަރި ޖެހި ދިދަ، އުފުލިއެވެ. އެއްވެފައި އޮތް މީހުން ކޮންޓްރޯލް ކުރުމަށް ޓަކައި އެ ޤައުމުގެ ފުލުހުން 4 މީހަކު ހައްޔަރު ކުރިއެވެ. ނަމަވެސް ދަނޑިޔަށް ނަގާފައި ހުރި އައު ދިދަ ތިރިއެއް ނުކުރެއެވެ. އޭގެ މިނިވަންކަމާ އެކު ވިހުރެން ދޫކޮށްލީއެވެ.
"އަހަރުމެންގެ އުފަލަކީ 55 އަހަރުވީ ޚުދުމުޚުތާރު އަނިޔާވެކަން ނިމުމަކަށް ގެނެވުން" އެތަނަށް އެއްވެފައި ތިބި މީހުންގެ ތެރެއިން 59 އަހަރުގެ މީހަކު އޭނާގެ ޝުޢޫރު ފާޅުކުރަމުން ބުންޏެވެ.
އެ ތަނަށް އެއްވެތިބި މީހުން ވަނީ އެ އެންބަސީގައި ހުރި ބައްޝާރުގެ ޕޮޓޯފްރޭމް ވެސް ވައްޓާލާފައި ކަމަށް ރޮއިޓަރސުން ބުނެއެވެ.
އިޓަލީގެ ދިމިސްޤުގައި ހުންނަ އެންބަސީއަށް ވަދެ އަސަދަށް ތާޢިދުކުރާ މީހުން ކޮބައިތޯ ގޮވަމުން ހޯދަމުން ދިޔައިރު އެ ތަނުގެ ފާރުތަކަށް ބަޑީގެ ދެތިން ވަޒަން ވެސް ޖެހިއެވެ. ނަމަވެސް އެއްވެސް މީހަކަށް އަދި ސެކިއުރިޓީ މުވައްޒަފަކަށް ވެސް އެއްވެސް ގެއްލުމެއް ނުދޭ ކަމަށް އިޓަލީގެ ފޮރިންގ މިނިސްޓަރ އެންޓޯނިއޯ ޓަޖާނީ ބުންޏެވެ.
އެންޓޯނީ ބުނީ "އެ މީހުން އެތަނުން 3 ޗާރު ގެންދިޔަކަމަށާއި، އެނޫން އެހެން އެއްވެސް ކަމެއް ނުހިިނގާ ކަމަށެވެ."
އެ ޢައުމުގެ ވެރިރަށުގައި ހުންނަ ސީރިޔާ އެންބަސީ ދޮށަށް އެއްވި މީހުން އުފާ ފާޅުކޮށް ހީ މަޖާކޮށް އެކަކު އަނެކަކަށް ކޮނޑާ ކޮނޑުޖައްސާ ސަލާމްކުރުމަށް ފަހު އެ އެންބަސީގެ ގޯތިތެރޭ ހުރި ދިދަ ދަނޑިއަށް ސީރިޔާގެ އައު ދިދަ ނެގިއެވެ.
މި ޤައުމުގެ ވެރިރަށް ސްޓޮކްހޯރމްގައި ހުންނަ އެންބަސީގެ ދިދަ ދަނޑިއަށް ސީރިޔާގެ 3 ތަރިޖެހި އައު ދިދަ ނަގާފައިވާ ކަމަށް އެ ޤައުމުގެ ބްރޯޑުކަރސްޓަރެއް ކަމަށްވާ ޓީވީ4 އިން ބުނެފައި ވާކަމަށް ރޮއިޓަރސުން ޚަބަރުކުރެއެވެ.
އަނިޔާވެރިކަން ޒަމާންތަކެއް ވަންދެން ތަޙައްމަލު ކުރަމުން ދިޔަ ރައްޔިތުންތަކެއް މިއަދު ކުރަމުން އެދަނީ މިނިވަންކަމުގެ އިހުސާސްތަކެއް ކަމަށް ދުނިޔޭގެ މުފައްކިރުން އަންނަނީ ބުނުއްވަމުންނެވެ. އިންސާނުންނަކީ އަޅުވެތިކަމަށް އަބަދުވެސް ނޫނެކޭ ބުނާނެ ބައެކެވެ.
އަޅުވެތިކަމުން މީސްތަކުން ނެރުމުގެ އެންމެ ފުރިހަމަ މަންހަޖެއް ޤާއިމުކޮށްދެއްވީ އިސްލާމްދީނުގައެވެ. ވަދާޢީ ޙައްޖުގެ ޚުޠުބާއަކީ މި ޒަމާން މި ދެކޭ އިންސާނީ ޙައްޤުތަކަށްވުރެ މާ ފުރިހަމަ ޙައްޤުތަކެއް ބަޔާންކޮށްދެއްވި ޚުޠުބާއެކެވެ.