ދުނިޔެއިން އަލަށް ރިކޯޑުކުރެވުނު މަހެއް، ދިވެހިރާއްޖެއިން! ފެނިފައިވާ ކަމަށް މެރިން ޖަރނަލް މޯލްޑިވްސް އިން ބުނެފިއެވެ.
މެރިން ޖަރނަލްގެ ރަސްމީ އެކްސް އެކައުންޓުން އާންމުކޮށްފައިވާ މި މަޢުލޫމާތަށް ބަލާއިރު މި މަހަށް ސައިންޓިފިކް ނަމަކަށް، ދީފައިވާ ނަމަކީ "ކްރޯމިސް އަބަދަށް"އެވެ.
އެ ޖަރނަލްއިން ބުނެފައިވަނީ މިމަސް ފެނިފައިވަނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުންކަމަށެވެ. އެއީ 95 މީޓަރާއި 110 މީޓަރާއި ދެމެދުގެ ފުންމިންކަމަށް ބުނެފައި ވެއެވެ. މި މަހާ ބެހޭ ދިރާސާތައް އިތުރަށް ކުރުމަށް ޓަކައި ދަލެއް ބޭނުންކޮށްގެން މި ވައްތަރުގެ 4 މަސް ހިފާ، ތަހުލީލު ކުރެވިފައިވާ ކަމަށް ވެސް މެރިން ޖަރނަލުން ބުނެއެވެ.
ތަހުލީލުތަކާއި ދިރާސާތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ސާފުކޮށް އެނގެން އޮތީ މި މަހަކީ ދުނިޔެއިން މުޅިން އަލަށް ފެނިފައިވާ މަހެއްކަމެވެ. މި ދިރާސާގައި ބޭރުގެ ތަޖުރިބާކަރުންގެ ޓީމެއް ދިވެހި ޓީމާ އެކު މަސައްކަތް ކޮށްފައި ވާކަމަށް ވެސް އެ ޖަރނަލުން ބުންޏެވެ.
ކަނޑުފަޅުގަްި ކުރިޔަށް ގެންދިޔަ މިދިރާސާގެ ތެރެއިން ޖުމުލަ 8 ސަރަހައްދަކުން މި މަސް ފެނިފައި ވާކަމަށް ރެކޯޑުކުރެވިފައިވެއެވެ. އެއީ ފާދިއްޕޮޅުން ފެށިގެން ނިލަންދެ އަތޮޅު ދެކުނުބުރީގެ ސަރަހައްދުތައް ހިމެނޭހެން ޖުމުލަ 180 ކިލޯމީޓަރުގެ ރާސްތާއެއްގެ ތެރޭގައެވެ. އެހެންކަމުން މި މަސް މުޅިރާއްޖޭގެ އެކި ހިސާބުތަކުން ފެންނާނޭ ކަމަށް ބެލެވެއެވެ.
ޖަރނަލްގެ އެކައުންޓުގައި ލިޔެފައި އޮތީ "މި 6.9 ސެންޓިމީޓަރަށް ބޮޑުވާ ކުޑަކުޑަ މަހުގެ އާއިލާގެ އެހެން އެތައް ބާވަތެއް ދިވެހި ކަނޑުފަޅުތަކުން ފެނެއެވެ. މިއާއިލާއަށް ޖުމުލަކޮށް ދަނބާ ކިޔައެވެ. ފުން ފަޅުތަކާއި ފަރުތަކުގެ އަޑީގައި އަދިވެސް ކުރިން ހޯދިފައިނުވާ އެތައް ދިރުންތަކެއް ވާކަން ފާހަގަ ކޮށްލަންޖެހެއެވެ." މިފަދައިންނެވެ.
https://x.com/MarineJournalMV/status/1865391333420224766?t=gJrN8cSYHAsnfeX4R8maFg&s=19
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު