އިޒްރޭލުގެ ނޫހެއް ކަމަށްވާ ޔެޑިއޯތު އަހްރޯނޯތު އިން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އެމެރިކާ އާއި ކެނެޑާގެ ބައެއް ޔުނިވާސިޓީތަކުން އިސްރާއީލުގެ ސަލާމަތީ ކުންފުނިތަކާ އެކު އެއްބަސްވުންތަކެއް ހަދައި، އެ ޔުނިވާސިޓީތަކުގެ ކެމްޕަސްތަކުގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާތައް ހުއްޓުވުމަށް އެއްބަސް ވަފައިވާ ކަމަށެވެ.
މިކަން މިހެން ކޮށްފައިވަނީ ފަލަސްޠީނަށް ތާއީދުކުރާ މުޒާހަރާތައް ހުއްޓުވުމަށް ފިޔަވަޅު ނާޅާ ޔުނިވަރސިޓީތަކަށް އަދަބު ދޭނެކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބުނުމާ ގުޅިގެންނެވެ.
މީގެ އިތުރުން، ނިއު ޔޯކް ސިޓީ ޔުނިވަރސިޓީ (ސީޔޫއެންވައި) އިން 4 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ސްޓްރެޓެޖީ ސެކިއުރިޓީ ކޯޕަރޭޝަނާ އެކު ވެފައިވާއިރު ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ލޮސް އެންޖެލެސް (ޔޫސީއެލްއޭ) އިން މާގެން އޭއެމް އާއެކު 1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
ކެނެޑާގެ މޮންޓްރިއަލްގައި ހުންނަ ކޮންކޯޑިއާ ޔުނިވަރސިޓީން އިސްރާއީލީ ސެކިއުރިޓީ ދެ ކުންފުންޏަކާ ގުޅިފައިވާކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެއީ ޕަރސެޕްޓޭޖް އިންޓަނޭޝަނަލް އާއި މޮޝަވް ސެކިއުރިޓީ ކޮންސަލްޓިންގއެވެ.
މި ފިޔަވަޅުތަކާ ގުޅިގެން، ގިނަ ދަރިވަރުންނާއި މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށް، އިސްރާއީލީ މުއައްސަސާތަކާ އެކު އޮންނަ ގުޅުން ކަނޑާލުމަށް ގޮވާލައި، މުޒާހަރާތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާގައި ކުރިއައްގެންދާ ޤަތުލު އާންމުގައި 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް 44،700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ