ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް 122 ފުޅި ބަނގުރަލާ އެކު 2 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ 2 ފިރިހެނުންނެވެ.
ފުލުހުން ބުނެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ދިރިއުޅޭގެ ކޯޓު އަމުރުގެ ދަށުން ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 116 ފުޅި އަދި 5 ލީޓަރުގެ 6 ފުޅި ފެނިފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ޕައްޓި ވިތަނަލަގެ ވިމޯޝާ ވިނަތަގެ (27އ) އަދި ނުރުކުޝަން ކަވިންދަ ސިންގަޕުރަގެ (21އ) އެވެ.
މި 2 މީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު