ރަސްފަންނުން ވިހަގަދަ ކޯންސްނެއިލް ފެންނާތީ ސަމާލުވާން އެދިއްޖެ!

ރަސްފަންނުން ވިހަގަދަ ކޯންސްނެއިލް ފެންނަންފަށާފައި ވާތީ އެކަމަށް ސަމާލުވުމަށް އޯޝަންހޯލިކް މޯލްޑިވްސްއިން އިލްތިމާސްކޮށްފިއެވެ.

ކޯންސްނެއިލްގެ ބައެއް ވައްތަރަކީ ވަރަށް ވިހަގަދަ އަދި ބައެއް ފަހަރު ފުރާނައަށް ވެސް ނުރައްކާވާފަދަ އެއްޗެއް ކަމަށް އޯޝަންހޯލިކް މޯލްޑިވްސްއިން ވަނީ މައުލޫމާތުދެއެވެ.

އޯޝަންހޯލިކް މޯލްޑިވްސްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އާންމު ގޮތެއްގައި މި ކޯންސްނެއިލް ފެންނަނީ ހަވީރު އަދި ރޭގަނޑުގެ ވަގުތުގައި ކަމަށެވެ. އެހެންކަމުން އެ ވަގުތު މޫދަށް އެރިއުޅޭ މީހުން ސަމާލުވެ ރައްކާތެރިވެގެން އުޅުމަށް އޯޝަންހޯލިކް މޯލްޑިވްސްއިން ވަނީ އިލްތިމާސްކުރެއެވެ.

އަދި މީގެެއިތުރުން މޫދަށް އެރޭއިރު ހުސްފައިގައި ނޫޅުމަށާއި ބޫޓަށް އަރައިގެން އުޅުމަށް އޯޝަންހޯލިކް މޯލްޑިވްސްއިން ވަނީ އިލްތިމާސްކޮށްފައެވެ.