ގއ. ދާންދޫ މަގުމަތީގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އެރަށުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު ނަގަހެލަ، އަޙްމަދު ޢަބްދުﷲ (33އ)އެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިއަދުގެ ހެނދުނުގައެވެ.
މި ކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު 8:10ހާއިރު ދާންދޫ ފެނަކަ ބްރާންޗު ހުޅަނގު ފަރާތު މަގުމައްޗަށް މީހަކު ވެއްޓިފައި އޮތްކަމަށް ބުނާ މައްސަލައެއް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ދާންދޫ މަގުމައްޗަށް ވެއްޓިފައި އޮތީ އަޙުމަދު ޢަބްދުﷲ ކަމަށް ފުލުހުން ބުނެއެވެ. އޭނާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެ ސެންޓަރާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށެވެ.
މަރަކީ ކޮންމެ ވަގުތަކު ވެސް އިންސާނުންނާ ބައްދަލުކޮށްފާނޭ އެއްޗެކެވެ. ބުއްދިވެރިންގެ ގޮތަކީ މަރަށް ތައްޔާރުވެ ތިބުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު