ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި، އިތުބާރު ނެތްކަމުގެ ވޯޓަކުން، 60 އަހަރަށްފަހު ފުރަތަމަ ފަހަރަށް، ފަރަންސޭސިވިލާތުގެ ސަރުކާރު ވައްޓާލައިފިއެވެ.
އެއީ 1962ވަނަ އަހަރަށްފަހު ފަރަންސޭސިވިލާތުގައި ސަރުކާރު ވެއްޓުނު ފުރަތަމަ ފަހަރެވެ.
ފަރަންސޭސިވިލާތުގެ 577 ގޮނޑި އޮންނަ މަޖިލީހުގައި ޕާލިމެންޓުގެ ދަށު މަޖިލީހުގެ 331 މެންބަރުން ވޯޓުދީފައި ވަނީ ބަރނިއޭގެ މެދުމިނުގެ މައިނޯރިޓީ ސަރުކާރު މަގާމުން ދުރުކުރުމަށެވެ.
ވޯޓަށްފަހު، ޕާލިމެންޓުގެ ސްޕީކަރު ވަނީ ބަރނިއޭ އިސްތިއުފާ ހުށަހަޅަންޖެހޭނެ ކަމަށް ރައީސް އެމެނުއެލް މެކްރޯންއަށް އަންގައި، ޖަލްސާ ނިންމާލާފައެވެ.
ނަމަވެސް، މެކްރޮން ބުނަނީ އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް އޭނާ ނުގެންގުޅުއްވާ ކަމަށާއި 2027ވަނަ އަހަރު ދައުރު ނިމެންދެން މަޤާމުގައި އޭނާ ދެމިހުންނަވާނެ ކަމަށެވެ. އަދި އޭނާ ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނެގީ ބޮޑުވަޒީރާ ދެކޮޅަށެވެ. ރައީސް ކަމުގެ ވޯޓަކީ ވަކި އިންތިޚާބެއްގައި ނަގާ ވޯޓެއް ކަމަށެވެ.
`އޭނާގެ ސަރުކާރު މި ވަނީ 60 އަހަރަށްވުރެ ގިނަ ދުވަހަށް ދެމި ގޮސްފައެވެ. މިއީ ފްރާންސްގައި އިތުބާރު ނެތްކަމުގެ ވޯޓަކުން ވެރިކަމުން ވައްޓައިލެވުނު ފުރަތަމަ ސަރުކާރެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ