ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީން އިއްޔެ ޣައްޒާގެ އެކި ހިސާބުތަކަށް ދިން ވައިގެ ހަމަލާތަކުގައި 80އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ މީޑިއާތަކުން ބުނެފިއެވެ.
މިގޮތުން ޣައްޒާގެ ދެކުނުގެ ޚަން ޔޫނިސްގައި ގެދޮރު ގެއްލިފައި ވާ ބަޔަކު ދިރިއުޅެމުންދިޔަ ޓެންނުތަކަކަށް އަމާޒުކޮށްގެން ދިން ހަމަލާއެއްގައި 25 މީހުން ވަނީ ޝަހިދުވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
މީސްމީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި ޣައްޒާގެ ދެކުނުގެ ޚާން ޔޫނުސްގެ މުވާސިލް ސަރަހައްދަށް ދިން މި ހަމަލާގައި އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އަދި މީހުންގެ ހަށިތަށް ވެސް ވަނީ ވަރަށް ބޮޑަށް ފިހެފައެވެ. އަނެއްބައެއްގެ އެތައްމިތަނަށް ބުރައިގެން ގޮސްފައިވާ ހަށިތަކުގެ ބައިތައް ކޮތަޅުކޮތަޅަށް އާޅާ މަންޒަރު ވެސް ފެނެއެވެ.
އަދި މީގެ އިތުރުން ވެސް ޣައްޒާ ސިޓީގެ އަލް ދަލޫ އާއިލާގެ ގެއަށް އަމާޒުކޮށްދިން ހަމަލާގައި 10 މީހުން ޝަހީދުވެ 50 މީހުން ޒަހަމްވެފައި ވެއެވެ.
އޮކްޓޯބަރު 7ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާއިން 44،532އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު ޒަހަމްވެފައިވާ މީހުންގެ އަދަދު 105،538އަށް އަރައިފިއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ