ކ. ދިއްފުށީގައި ޕޮލިސް ޕޯސްޓެއް ހުޅުވައި ފުލުހުން އެ ރަށުގައި ޚިދުމަތްދޭން ފަށައިފިއެވެ.
އެކަމަށް ޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދިއްފުށި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ދިއްފުށި ކައުންސިލު ރައީސް އިބްރާހީމް ސުނިލްއެވެ.
ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ދިއްފުށި ކައުންސިލާއި މުއްސަސާތަކުގެ މުވައްޒަފުންނާއި އާންމު ބައެއް ރައްޔިތުން ވިނީ ބައިވެރި ވެލައްވާފައެވެ.
ފުލުހުންގެ ޚިދުމަތް ރަށްރަށުގައި ޤާއިމުވެގެން ދިޔުމަކީ އަމާންކަމާއި ސުލްހަ މަސަލަސްކަން ޤާއިމުކުރުމަށް އެޅޭ ވަރަށް މުޙިއްމު ފިޔަވަޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު