ފުލުހެއްގެ ގައިގައި ދަތްއެޅި ކަމަށް ތުހުމަތުކޮށް އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެެވެ.
ފުލުހުންގެ އިދާރާއިން ބުނާ ގިތުން، ދަތްއެޅި އަންހެންމީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައި ވެއެވެ.
މި އަންހެން މީހާ ބަންދުކުރުމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ، ފުލުހުންގެ މަސައްކަތް އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތާއި މާރާމާރީއެއް ހިންގަން އުޅުކަމުގެ ތުހުމަތާއި އާންމު އުނދަގޫ ކުރުމުގެ ތުހުމަތުތަކެވެ.
ފުލުހުންނަކީ ޤައުމުގެ އަމަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލާ ބައެކެވެ. ފުލުހުންގެ އަމުރުތަކަށް ކިޔަމަންތެރިވުމަކީ އާންމު މަސްލަހަތު ހިފަހައްޓައި އަމަން ބަލަހައްޓަން އެމީހުންނަށް ދެވޭ ހިތްވަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު