ކަދުރުން އުފައްދި ދުނިޔޭގެ ފުރަތަމަ ސޮފްޓް ޑްރިންކްގެ "މީލާފް ކޯލާ" ރަސްމީކޮށް ރިޔާޟް ޑޭޓް ފެސްޓިވަލްގައި ތައާރަފްކޮށްފިއެވެ.
ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ތުރާތު އަލް މަދީނާއިން އުފެއްދި މި އިނޮވޭޓިވް ބުއިމުގެ މަޤްސަދަކީ ރިފްރެޝްމަންޓާއެކު ސިއްހީ ފައިދާތައް ހޯދައިދިނުމެވެ. އަދި ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ގޮތެއްގައި ބުއިމުގެ ފުރުސަތުތައް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށްވެސް ވަނީ ބުނެފައެވެ.
މީލާފް ކޯލާގައި ހިމެނޭ މައިގަނޑު މާއްދާއަކީ ގުދުރަތީ ހަކުރު، ފައިބާ އަދި ޒަރޫރީ މިނަރަލްސް އަށް މަޝްހޫރު ފެންވަރު ރަނގަޅު ކަދުރުތަކެވެ. މިކަމުގެ ސަބަބުން ގިނަ ފަހަރަށް ހަކުރު ގިނަވެ، ނިއުޓްރިޝަނަލް ވެލިއު ކުޑަ، އެހެން ސޯޑާތަކަށްވުރެ މި ބުއިމަކީ ސިއްހަތަށް ފައިދާ ހުރި ބުއިމެކެވެ.
މި ސޮފްޓް ޑްރިންކަކީ ބައިނަލްއަގްވާމީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ އަދި ތިމާވެއްޓާ ރައްޓެހި އުސޫލުތަކަށް އަލިއަޅުވާލައި، ލޯކަލް ސޯސްޑް ކަދުރު ބޭނުންކޮށްގެން އުފައްދާ ބުއިމެކެވެ.
މި ބުއިމުގެ ގުދުރަތީ މީރުކަމާއި ތާޒާ ރަހަތަކުގެ ސަބަބަުން ، ފެސްޓިވަލްގައި ބައިވެރިވި ފަރާތްތަކުން މިހާރުވެސް ވަނީ ރަނގަޅު ތަރުހީބެއް ލިބިފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ