އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ޖައްވު ނުސާފުވެފައަިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މިންގަނޑުތަކަށް ބަލާއިރު، ޖައްވުގެ ސާފުކަން ހުރުން ރަނގަޅީ 0-50އާ ދެމެދުގެ ރޭންޖެއްގައެވެ. މި މިންގަނޑުގެ ތެރޭ ވައިގެ ސާފުކަން ހުރިނަމަ، އެއިން އެއްވެސް ނުރައްކަލެއް އިންސާނުންނަށް ނެތް ކަމަށް ވަނީ ބުނެފައެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގެ ޖައްވު ނުސާފުވެފައި މިހާރު ހުރި މިންގަނޑަށް ބަލާއިރު، އެއީ ނޭވާލާ ނިޒާމަށް މައްސަލަތަކެއް ޖެހުމުގެ ފުރުސަތު އޮތް މިންވަރެކެވެ.
މިވަގުތު އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައި ވަނީ ވިލިމާލޭ ސަރަހައްދުގައި ކަމަށް އެ އިދާރާއިން ބުނެއެވެ. އެ ސަރަހައްދުގައި ޖައްވުގެ ނުސާފުކަން 94ގައި ހުރިއިރު މާލޭ ސަރަހައްދުގައި ހުރީ 82ގައެވެ. އަދި ށ.ފުނަދޫގައި ހުރީ 55ގައެވެ.
- ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތަކާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން
- ބޭރަށް ނިކުންނަން ޖެހޭ ހާލަތުގައި މާސްކު އެޅުން
- ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ގިނަ ވަގުތު ބޭރުގައި ނޫޅުން
- ތުއްތު ކުދިން ބޭރަށް ނުނެރުން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
- ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑު ޖައްސާލުން
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު