އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލައްތުއްޝައިޚް މުޙައްމަދު ލަޠީފް އައްޑޫ ހައި ސްކޫލަށް ޒިޔާރަތް ކުރައްވައިފާއިވާކަމަށް އިސްލާމިކް މިނިސްޓްރީއިން މިއަދު ބުނެފިއެވެ.
މިގޮތުން، ޝައިޚް މުޙައްމަދު ލަޠީފް މިއަދު ހެނދުނު އެ ސްކޫލަށް ޒިޔާރަތް ކުރައްވާ އެ ސްކޫލުގެ އިސް ވެރިންނާއި ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އައްޝައިޚް އިމްޠިޠާޢު އައްބާސްގެ އިތުރުން ޑިރެކްޓަރ ޖެނެރަލް ޢަބްދުލް ޢަޒީޒްވަނީ ބައިވެރިވެލައްވާފައި ވެއެވެ.
މި ބައްދަލުކުރެއްވުުމުގައި ދަރިވަރުންނަށް ކުރިއަށް ގެންދެވިދާނެ އެކި ހަރަކާތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މިހާރު އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫގައި ކުރިއަށްދާ އިމާމުން ތަމްރީންކުރުމުގެ ޕްރޮގުރާމުގެ ބައިވެެރިންނާއި ވަނީ އެބޭފުޅުން ބައްދަލުކުރައްވާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު