ހުޅުމާލެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ މަސްވެރިއެއް

1 އަހަރު ކުރިން
|
0

އިއްޔެ ހުޅުމާލެ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނީ މަސްވެރިއެއް ކަމަށް ފުލުހުން މިއަދު މައުލޫމާތު ދީފިއެވެ. 

ފުލުހުން ބުނުއްވީ މަރުވެފައި އޮއްވާ ފެނިފައި ވަނީ މ. މަޑުއްވަރީއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އިބްރާހިމް ޖިނާހު މުޙައްމަދު ކަމަށެވެ.

ފުލުހުން ބުނުއްވީ ތަޙުޤީޤުގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ރޭގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާ ފަޅުތެރޭ ފެންމަތީގައި އޮއްވައި އިއްޔެ ހަވީރުއެވެ.