ޣައްޒާއަށް ވައްދާ ކާތަކެތި ވެސް އިސްރާއީލުގެ ޓެރަރިސްޓުން އަންދަނީ!!

1 އަހަރު ކުރިން
|
0

ހައްދުފަހަނަ އަޅާފފައިވާ އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމުގައި ކުރެވޭ އަނިޔާތައް ނުފުދިގެން ޣައްޒާގެ ރައްޔިތުން ކެއުމަށް ބޭނުން ކުރާ ތަކެތީގައި ރޯކުރާ ވީޑިއޯއެއް އާންމު ވެއްޖެއެެވެ. މިއީ ލާއިންސާނިއްޔަތު އިންތާ ދަރަޖަ ފެނިގެންދާ މަންޒަރުތަކެކެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނީ ފެނާއި ކާންބޯ ތަކެތި އުފުލާ ޓްރަކެއްގައި، އިސްރާއިލުގެ 2 ޓެރަރިސްޓުން ރޯކުރާ މަންޒަރެވެ.

މިއީ ޣައްޒާގެ ޝުޖައިޢިއްޔާއެވެ ކިޔުނު ސަހަރުގައި ދިރިއުޅޭ ޣައްޒާގެ ރައްޔިތުންގެ ބަނޑުހައި ހޫނުކަން ފިލުވުމަށް ޓަކައި އެތައް ދުވަހެއް ފަހުން ކާބޯ ތަކެތި ހިފައިގެން ވަދެވުނު ޓްރަކެކެވެ. ނަމަވެސް އެ ސަހަރުގެ ރައްޔިތުންނާ ހަމައަށް މިތަކެތި ނުފޯރަނީސް އިސްރާއީލުގެ ޓެރަރިސްޓުން މި ތަކެތީގައި ރޯކޮށްލީއެވެ.

މީގެ އިތުރަށް، ހިލޭ ކާނާ ފޯރުކޮށްދޭ "ވޯލްޑް ސެންޓްރަލް ކިޗަން"ގައި  މަސައްކަތްކުރާ 3 މީހަކު ވެސް އިއްޔެ ދިން ހަމަލާގައި މަރާލލާފައި ވާކަމަށް ޚަބަރުތައް ބުނެއެވެ. "ވޯލްޑް ސެންޓްރަލް ކިޗަން" ގެ އިދާރާއިން އިޢޫލާނުކޮށްފައި ވަނީ މި ސަބަބާހުރެ ޣައްޒާގައި ކުރިޔަށް ގެންދާ ކާންދިނުމުގެ މަސައްކަތް މި ވަގުތަށް ހުއްޓާލާފައި ވާކަމަށެވެ. 

އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާގައި ޤަތުލު އާންމު ހިންގާތާ 14 މަސްވެފައިވާއިރު ޣައްޒާގެ ރައްޔިތުން ކެއުމަށް ބޭނުންކުރާ ތަކެތި ވެއްދުމަށް އިސްރާއީލެވެ ކިޔުނު ނިރުބަވެރި ޖަމާޢަތުން ދަނީ ހުރަސް އަޅަމުންނެވެ. މިކަމުގެ ސަބަބަުން އެތައް ބަޔަކު ދަނީ ބަނޑުހައިހޫނުކަމުގައި މަރުވަމުންނެވެ.

މިދިޔަ 14 މަސްތެރޭ ޣައްޒާއިން ޝަހީދުކޯށްލި މީހުންގެ އަދަދު ވަނީ 44،000 އަށްވުރެ މައްޗަށް އަރާފައެވެ.