އިޒްރޭލުން ގާޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް: ކުރީގެ ޗީފް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޯޝޭ ޔާލޯން

1 އަހަރު ކުރިން
|
0

އިޒްރޭލުން ގާޒާގެ ހަމާސް ޖަމާއަތް ނައްތާލުމުގެ ނަމުގައި ހިންގަމުން ގެންދާ އުދުވާނީ ސީދާ "އެތްނިކަލީ ކްލެސްޒިން" ނުވަތަ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް އިޒްރޭލު އޮކިއުޕޭޝަން ފޯސްގެ ކުރީގެ ޗީފް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޯޝޭ ޔާލޯން ބުނެފިއެވެ.

ޔާލޯން ބުނީ އެ ޖަރީމާގެ ދަށުން އިޒްރޭލުން ހިންގާ އޮޕަރޭޝަންގައި ގާޒާގެ އުތުރުގައި މިހާރު އަރަބީންގެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. ނަމަވެސް ޣައްޒާގެ އެތައް ހާސް  ރައްޔިތުންނެއްް އަދިވެސް ޣައްޒާގެ އުތުރުގައި ވަރަށް ހާލުގައި ދިރިއެޅެމުން އެބަދެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަން ޔާހޫ އަދި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރެއް ކަމަށް ވާ ޔޯވް ގަލަންޓް ހައްޔަރު ކުރަން އައިސީސީން އަމުރު ނެރެފައި ވަނީ ވެސް ނަތަން ޔާހޫ ހިންގަނީ ގަތުލުއާންމެއްކަން ސާބިތު ވެފައި ވާތީ ކަމަށެވެ.

އިޒްރޭލުގެ މީޑިއާއަށް އޭނާ ދިން އިންޓަވިއުއެއްގައި ޔޯލާން ބުނީ، ނަތަން ޔާހޫއާއި އޭނާގެ ކަނާތު ފިޔައިގެ ހަރުކަށި ލީޑަރުން ބޭނުންވަނީ ޣައްޒާގެ އުތުރުގައި ތިބި ފަލަސްތީނުގެ މުސްލިމުން ފަހާ ދުވެ އެ މީހުން ވަޒަނުން ބޭރުކޮށް ނުވަތަ "މަރާ ހުސްކޮށް" އެތަނުގައި ޔަހޫދީ އާބާދީތައް ގާއިމު ކުރަން ކަމަށެވެ.

އޭނާ އިތުތަށް ބުނީ، ޣައްޒާގައި ފޮރުވިގެން ހިންގަނީ ކޮންކަމެއްކަން ހާމަކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށް ދެކޭ ކަމަށާއި ޣައްޒާގައި ހިންގަނީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.

ނަސްލު ނައްތާލުމުގެ ވާހަކައަށް ބާރުލަމުން އޭނާ ބުނީ މިހާރު ބައިތް ލާހިޔާ އާއި ބައިތް ހަނޫން އެއް ނެތް ކަމަށާއި އެތާނގައި ދިރިއހުރި އެރަބީންގެ އެކަކުވެސް މިހާރު ނެތް ކަމަށެވެ. ނަމަވެސް މި ހަސާބުތަކުގައި އަދިވެސް ޣައްޒާގެ އެތައްސަތޜތަ ރައްޔިތުންނެއްދަނީ އުޅެމުންނެވެ. މި ސަރަހައްދުތަކަށް ކޮންމެ ދުވަހަކު އެތައްހަމަލާއެއްދީ އެތައްބައެއްދަނީ ޝަހީދުކުރަމުންނެވެ.

ޔާލޯން އަކީ 2013 އިން 2016 އަށް ނަތަންޔާހޫގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރެވެ. ފާޅުގައި ނަތްން ޔާހޫއަށް ފާޑު ކިޔާވެސް ދެކޮޅުވެސް ހަދާ މީހެކެވެ.

އިޒްރޭލުގެ ގަތުލުއާންމާ ބެހޭގޮތުން ބައިނަލްއަގުވާމީ އެތައް ތަނެއްގައި އެތައްބަޔަކު އެވާހަކަ ދައްކަމުން ދާއިރު އެ ގަތުލުއާންމާ ބެހޭގޮތުން އިޒްރޭލުގެ އިސް އޮފިޝަލަކު މިހާ ތަފްސީލުކޮށް ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ.

މިވާހަކަތައް މިހެން ހުރި ނަމަވެސް އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުގެ އުދުވާން ގެންދަނީ ދުވަހެއްދުވަހެއް އިތުރުކޮށް ދުނިޔޭގެ ގާނޫނުގައި ބޭނުންނ ކުރުން މަނާ ހަތިޔާރުތަށް ބޭނުން ކޮށް ޣައްޒާގައި ޤަތުލު އާންމު ކުރިއަށް ގެންދަމުންނެވެ. ޣައްޒާގެ އުތުރުގެ ހަމައެކަނި މަސައްކަތް ކުރާ ހޮސްޕިޓަލުގެ ޑިރެކްޓާ ވިދާޅުވީ މިހާރު އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގެ އުތުރުގައި އައު ވައްތަރެއްގެ ހަތިޔާރެއް ބޭނުން ކުރަން ގަށާފައިވާ ކަމަށެވެ. އަދި އެހަތިޔާރުގެ ސަބަބުން މީހާގެ ހަށިގަނޑު ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އޮވާޕޮރޭޓް ވެގެން ދާކަމަށް ޑިރެކްޓާ ވަނީ ވިދާޅުވެފައެވެ.

ގާޒާގެ އުތުރާއި ދެކުނު ވަކިކުރަން 2 ކިލޯމީޓަރުގެ ފުޅާ މަގެއް ވަނީ ކެނޑާފައެވެ. ނިރުބަވެރިން ފަހަރަކު ގެއަކުން ގެއަކުން ވަދެ ގާޒާގެ އުތުރުގައި ތިބި ހުރިހާ މުސްލިމުން ދަނީ ޤަތުލު ކުރަމުންނެވެ. އެ ސަރަހައްދުތަކަށް ނޫސްވެރިންނަށް ވަނުން ވަނީ މަނާކޮށްފައެވެ. އެހެން ކަމަުން އެތާނގައި ހިންގާ ގަތުލުއާންމުގެ ފުޅާމިނެއް ސާފެއް ނުވެއެވެ. އެހެން ނަމަވެސް ހަމައެކަނި އިންގޭ މައުލޫމާތަކީ އެ ގެތަކުގެ ގައި ތިބެ ނިރުބަވެރިންގެ ހަމަލާއިން ސަލާމަތްވާ މީހުން ނޫސްވެރިނަށް ގުޅައިހެން ދޭ މައުލޫމާތެވެ. މިހާރުވެސް ޣައްޒާގެ އުތުރުގައި ގެތަކުގެ ދަށުގައި އެތައްސަތޭކަ ޝަހީދުންނެއް ސަލާމަތް ނުކުރެވިފައި އެބަތިއްބެވެ.