ނިމިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ކުރި ވިއްސާރާގައި ރަށްރަށަށް ލިިބުނު ގެއްލުންތައް މިލިއަނެއްހާ ރުފިޔާއަށްވުރެ މަތިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ "އެންޑީއެމްއޭ" ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެންޑީއެމްއޭއިން މިއަދު އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ ނިޔަލަށް ވިއްސާރައިގައި ގެއްލުން ލިބިގެން 10 ރަށަކުން ރިޕޯޓް ކޮށްފައިވާއިރު އެ ރަށްތަކުގެ 110 ގެއަކުން އެކިވަރުގެ ގެއްލުން ލިބި، އެ އޮތޯރިޓީއަށް އެކަން އަންގާފައިވާ ކަމަށެވެ.
އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ އެ ހާދިސާތަކާއި ގުޅިގެން ހިފާގެންގުޅޭ ތަކެއްޗަށާއި، އިމާރާތައް ލިބުނު ގެއްލުމުގެ ޖުމުލަ އަގު 1.1 މިލިއަނަށްވުރެ ބޮޑު ކަމަށެވެ. އަދި އެ 10 ރަށުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުރެންދޫ އަށެވެ. ކުރެދޫގެ 97 ގެއަކަށް ގެއްލުންވެގެން އެންޑީއެމްއޭއަށް ރިޕޯޓް ކޮށްފައިވެ އެވެ.
އަދި އެ ގެތަކަށް ލިބުނު ގެއްލުން ވަޒަންކުރެވި، ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާއި ބެހޭ ގަވާއިދުގެ ދަށުން އެހީތެރިކަން ދިނުމަށް ހުށަހެޅިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރާގެ ސަބަބުން ވެސް ބައެއް ގެތަކަށް ގެއްލުންވުމުގެ ސަބަބުން އެންޑީއެމްއޭއިން އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު