ރޭ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައި ޤަވާޢިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 14 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގުރާޝަން އޮފީހުން ބުނެފިއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ރޭ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 14 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އަދި މީގެއިތުރުން އިމިގްރޭޝަނުން ބުނެފައިވަނީ ޓާސްކް ފޯހުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، އާންމު ޞިއްޙަތަށް ނުރައްކާވާފަދަ ޙާލަތެއްގައި ހުރި ދެ އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ފުރަތަމަ ބެލި ތަނުން 9 ބިދޭސީ ފިރިހެނުން ހައްޔަރުކުރި އިރު، ދެވަނަ ތަނުން 3 އަންހެނުންނާއި 2 ފިރިހެނުން ހިމެނޭގޮތަށް ޖުމްލަ 5 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ޤާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ރައްކާތެރިކަމާއި އާންމު ޞިއްޙަތު ކަށަވަރުކުރުމަށް ޓަކައި ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.
މިހާތަނަށް އިމިގްރޭޝަނުން ކުރިއަށްގެން ދިޔަ އޮޕަރޭޝަންތަކުގައި 5000 ބިދޭސީން ހައްޔަރުކޮށް ޑީޕޯޓު ކޮށްފަައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު