ޠޫފާނު ފެންގަލް: ޗެންނާއީން 2 މީހުން މަރުވެއްޖެ!

1 އަހަރު ކުރިން
|
0

އިންޑިއާގެ ދެކުނަށް ތޫފާނު ފެންގަލް އަރައި ބޯކޮށް ވާރޭވެހި  ޗެންނާއި އެއަރޕޯޓްގެ ދަތުރުފަތުރު ހުއްޓާލައިފައި ވެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ މި ތޫފާނުގައި ގަޑިއަކު 43 މޭލާއި 50 މޭލަށް ވައިގަދަވާ ކަމަށެވެ.

ޓެމިލްނާޑޫ ސްޓޭޓަށް އިއްޔެ މި ތޫފާނު އެރުމުގެ ސަބަބަުން ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

މި ކަމުގެ ސަބަބަުން ޗެންނާއީގެ މައި އެއާޕޯޓް އިއްޔެ ވެސް އޮތީ ބަންދުކޮށްފައެވެ.

ޗެންނާއީގައި ފެންބޮޑު ވެފައިވާތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ޓްރެފިކް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޗެންނާއީއާއި އެ ތަނުގެ ވަށައިގެންވާ ސްޓޭޓުތަކަށް ވެސް ބޯކޮށް ވާރޭވެހި، މީހުން ދިރިއުޅޭ އަވަށްތަކާއި ބޮޑެތި މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ވަކިން ޚާއްޞަކޮށް ވެލާޗެރީ އާއި ހަސްތިނާޕޫރަމް ފަދަ ސަރަހައްދުތަކުގެ ގެތަކަށް ފެން ވަދެފައި ވާކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކުރިއެވެ. މި ކަމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ވަނީ މަޖުބޫރުވެފައެވެ.