މެލޭޝިޔާއާއި ތައިލަންޑުގައި ފެންބޮޑުވެ 12 މީހުން މަރުވެއްޖެ

1 އަހަރު ކުރިން
|
0

މެލޭޝިޔާއާއި، ތައިލަންޑަށް ބޯކޮށް ވާރޭވެހި ބޮޑެތި ސަރަހައްދުތަކެއްގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި  12 މީހުން މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

ފެންބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ އުތުރުގެ ހިސާބު ތަކުން 122،000 މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާއިރު ތައިލަންޑްގެ ދެކުނުގެ ހިސާބުތަކުން ވެސް 13،000 މީހުން ވަނީ ސަލާމަތީ ހިސާބުތަކަށް ގެންގޮސްފައެވެ.

ކުރިޔަށް އޮތް ދެތިން ދުވަހުވެސް މޫސުން ގޯސްވާނޭކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ވަގުތީ ވަނީ ހަދާފައެވެ. އަދި އިމަޖެންސީ ސާވިސްތަކުން ދަނީ ހުއްޓުމެއްނެތި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ސޯޝަލް މީޑިޔާ އަދި ނިއުސް ޗެނެލް ތަކުން އާންމުކޮށްފައިވާ ވީޑިއޯ ތަކުން ފެންނަފޮތުގައި ގެތަކާއި ކާރުތައް ވަނީ ގެނުގެ އަޑިއަށް ގޮސްފައެވެ.

މި ވިއްސާރައިގެ ސަބަބުން ތައިލަންޑްގެ ދެކުނުގެ ހިސާބުތަކުގެ 534،000 ގޭބިސީއަކަށް އަސަރުކޮށްފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދީފައިވާއިރު ފެންބޮޑުވެ ތަކެއްޗަށް ގެއްލުން ލިބިދާނެކަމަށް ބަލެވޭތީ އެހިސާބުގެ ދެ ހޮސްޕިޓަލް ވެސް ބަންދުކުރަން ޖެހުނު ކަމަށް އޭނާވަނީ ބުނެފައެވެ.

މި ވިއްސާރައިގެ ސަބަބުން ތައިލަންޑްގެ ހަ ސަރަހައްދެއްގައި ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު މި ހާލަތުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތަށް ސަރުކާރުންވަނީ ކޮންމެ ސަރަހައްދަކަށް 50 މިލިއަން ބާތު (1.7 މިލިއަން ޑޮލަރު) ކަނޑައަޅާފައެވެ.

މެލޭޝިޔާގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ތައިލަންޑާ ގުޅޭ ކެލަންޓަން ސަރަހައްދުގައެވެ. އެ ގައުމުގެ ނެޝަނަލް ޑިޒސްޓަރ މެނޭޖްމަންޓް އޭޖެންސީން މައުލޫމާތު ދީފައިވާ ގޮތުގައި ކެލަންޓަން ގެ އާބާދީގެ 63 އިންސައްތަ ވަނީ ސަލާމަތީ  ހިސާބުތަކަށް ބަދަލުކޮށްފައެވެ. ކެލަންޓަން ސްޓޭޓްއާއި ނުލައި މެލޭޝިޔާގެ އިތުރު 9 ސްޓޭޓަކަށް ވަނީ ވިއްސާރައިގެ އަސަރު ކޮށްފައެވެ.