ސިއްޙީ ޙާލުކޮޅު ތަންނުދޭތީ އެގްރިކަލްޗަރ މިނިސްޓަރ ރަމީލާ މަޤާމުން އިސްތިއުފާދެއްވައިފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުން ބުނެފައިވަނީ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މިނިސްޓަރުގެ މަޤާމުން އިސްތިއުފާދެއްވުމަށް މިނިސްޓަރ ރަމީލާ ހުށަހަޅުއްވާފައިވާ ކަމަށާއި އަދި އެ ހުށަހެޅުންތައް ރައީސް ޤަބޫލުފުޅު ވެސް ކުރައްވައިފައިވާ ކަމަށެވެ.
ރަމީލާ އެގްރިކަލްޗަރ މިނިސްޓަރ ކަމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 17، 2023 ގައެވެ.
ރަމީލާ މަޤާމާއި ހަވާލުވެ ވަޑައިގެން ފަހުން ނުރައްކާތެރި ކެންސަރު ބަލީގެ ޝިކާރައަކަށް އެކަމަނާ ވެވަޑައިގެންނެވިއެވެ. މިނިސްޓަރު ކަމުގެ ޒިންމާ އަދާކުރައްވަމުން ރަމީލާ ގެންދެވީ ކެންސަރު ބައްޔަށް ވެސް ފަރުވާ ހޯއްދަވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު