ތޫފާން "ފެންގަލް" ޓެމިލް ނާޑޫއަށް އަރައިފި

1 އަހަރު ކުރިން
|
0

ބަންލަދޭޝްގެ ހުޅަނގު ދެކުނު ގައި އުފެދުނު ބާރުގަދަ ތޫފާން "ފެންގަލް" އިންޑިޔާގެ ޓަމިލްނާޑޫގެ އައްސޭރިފަށަށް އަރައިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

މި ތޫފާން "ފެންގަލް" އުފެދުނީ ބޭ އޮފް ބެންގަލްގައި އުފެދުނު ޑީޕް ޑިޕްރެޝަނުގެ ސަބަބުންނެވެ.

މި ތޫފާން ޓަމިލްނާޑޫގެ އައްސޭރިފަށަށް އެރުމާ ގުޅިގެން މޫސުމާ ބެހޭ އިދާރާއިން ވަނީ މަސްވެރިން ސަލާމަތާއި ރައްކާތެރިކަމަށް އިލްތިމާސް ކޮށްފައެވެ. އަދި އެސަރަހައްދުގެ ސްކޫލްތައް ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައެެވެ.

މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާކޮށް އިންޒާރު ނެރެފައިވަނީ، ޗެންނާއީ، ޓްރިވައްލޫރު، ކަންޗީޕޫރަމް، ކައްލަކުރިޗީ، ޕުޑުއްޗެރީ އަދި ކުއްޑަލޯރު ޑިސްޓްރިކްޓަށްކަނަށްވަނީ ލަފާކޮށްފައެވެ. އަދި މި ސަރަހައްދުތަކަށް މިއަދުގެ މެންދުރު ފަހުގު ވަގުތެއްގައި ތޫފާން އަރާނެކަމަށް އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.