ލުބްނާނުގެ ދެކުނުގެ 60 ސަރަހައއދެއްގައި އުޅޭ ރައްޔިތުން އެނބުރި އެމީހުންގެ ގެދޮރަށް ދިޔުމަށް ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ނިރުބަވެރިން ހުރަސް އަޅަން ފަށާފައިވާކަމަށް ލުބުނާނުގެ މީޑިއާތަކުން ބުނެފިއެވެ.
މި އިންޒާރު ލުބުނާނުގެ ރައްޔިތުންނަށް ދީފައިމިވަނީ އިސްރާއީލުން ލުބުނާނުގައި ހިންގަމުން އައި އުދުވާން ހުއްޓާލުމަށް އެއްބަސްވުމަށްފަހުއެވެ.
އިސްރާއީލާއި ލުބުނާނުގެ ބޯޑަރުގެ ދެފަރާތުގައިވާ ސިޓީތަކުގެ ރައްޔިތުންނަށް އެމީހުންގެ ގެތަކަށް ނުދިޔުމަށް އިސްރާއީލުން އިންޒާރުދީފައިވާއިރު، އެމީހުން ބުނާގޮތުގައި އެ ސަރަހައްދުތަކަކީ އާއްމުންނަށް ނުރައްކާ ސަރަހައްދު ތަކެއްކަމަށެވެ.
ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ ސިފައިން 60 ދުވަހުގެ ތެރޭގައި ލުބުނާނުގެ ދެކުނު ސަރަހައްދު ނުކުންނަން ޖެހޭނެއެވެ.
ލުބުނާނުގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި، ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ވަނީ، ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެ މީހުންގެ ގެއަށް އެނބުރި އައުން އުޅުމުން އެކަން ހުއްޓުވުމަށް ބަޑިޖަހާފައެވެ.
އަދި މީގެ އިތުރުންވެސް އިސްރާއީލުންވަނީ ހަނގުރާމަ ހުއްޓާލުމާއި ގުޅޭ އެއްބަސްވުމާއި ޚިލާފުވެ، ނިރުބަވެރިންގެ ޓޭންކުތަކުން ނާއީ އެހެން ވެހިކަލްތަކުން ލުބުނާނުގެ ދެކުނުގައިވާ ބުރުޖް-އަލް-މޫލޫކްގައިވާ އިމާރާތަކަށް ހަމަލާދީ ބޮޑެތި ގެއްލުންރަކެއް ދީފައެވެ.
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައިވަނީ 3916 މީހުން މަރުވެ 16،520 މީހުން ޒަހަމްވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ