މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި!

1 އަހަރު ކުރިން
|
0

މިހާރު ރައްޖެއަށް ކުރަމުންދާ ވިއްސާރާގެ ސަބަބުން މުޅިރާއްޖެއަށް ހުދު ސަމާލުނެރެފައިވާކަމަށް މޯލްޑިވްސް މެޓޮރޮލޮޖީ މެޓް އޮފީހުން ބުނެފިއެވެ.

މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:30އިން އިރު އޮއްސި 6:30 އަށެވެ.

މި ގަޑިތަކުގައި ގަޑިއަކު 18 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށްވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނޭ ކަމަށްވެސް ވަނީ މެޓް އިން ލަފާކޮށްފައެވެ.

އަދި މީގެ އިތުރުން ކަނޑުޔަށް ގަދަވާނޭ ކަމަށްވެސް ވަނީ މެޓް އޮފީހުން ލަފާކޮށްފައެވެ.