ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީން ޣައްޒާގެ އެކިހިސާބުތަކަށް މިދިޔަ 24 ގަޑިއިރުތެރޭގައި ދިން ހަމަލާތަކުގައި 120 އަށް ވުރެގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
މީގެ ތެރޭގައި ޣައްޒާގެ އުތުރުގައި އޮންނަ ބައިތު ލަހިޔާގެ އަޙްމަދު އާއިލާ އަދި ބާބާ އާއިލާގެ ގެއަށް ދިން ވައިގެ ހަމަލާގައި ޝަހީދުކޮށްލާފައިވާ 75 މީހުން ހިމެނެއެވެ.އަލް-ޖަޒީރާއިން ބުނެފައިވާގޮތުގައި މި ހަމަލާގައި ޝަހީދުވެފައިވަނީ އަންހެނުންނާއި ކުޑަކުދިންނެވެ.
މި 2 ހަމަލާގެ ތަފުސީލު މީޑިއާތަކަށް ލިބިފައިވަނީ މި ޤަތުލު އާންމު ހިންގިތާ އެތައް ގަޑިއިރުތަކެއް ފަހުންނެވެ. އެއީ އިސްރާއީލުގެ ނިރުބަވެރިން އެ ސަރަހައްދަށް ނޫސްވެރިންނާއި މެޑިކަލް ޓީމު ދިއުމަށް ހުރަސް އެޅުމުގެ ސަބަބުންނެވެ.
މި ނިރުބަވެރި ހަމަލާގައިވަނީ އެތައް އާއިލާއެއް ނެތިގޮސްފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
އަދި މީގެ އޮތުރުން އޭނާވިދާޅުވީ ޣައްޒާގައި ފަލަސްޠީނު ރައްޔިތުންގެ މެދުގައި ބަނޑުހައިހޫނުކަމާއި ވޭނުގެ ހާލަތު ވަނީ "ކާރިސާގެ" ފެންވަރަށް ގޮސްފައިކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުގައި މިހާތަނަށް 44,363 ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 105,070 މީހުންންވަނީ ޒަހަމްކޮށްލާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ