މޫސުމީ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގައި 5 ކުޑަކުދިން މަރުވެއްޖެ

1 އަހަރު ކުރިން
|
0

މޫސުމީ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން ދެކުނު އިންޑިއާއަށް މި ހަފުތާގައި 33 މީހުން މަރުވެ، ޕާކިސްތާނުގައި 5 ކުޑަކުދިން މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

އިންޑިއާގެ އަންދްރަ ޕްރަދޭޝް އާއި ތެލަންގާނާ ސްޓޭޓްތަކުގެ ގެތައް ވެއްޓި، ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ މަގުތަކާއި ރޭލު ދަތުރުފަތުރަށް ބުރޫ އަރާފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އަދި މޫސުމާ ބެހޭ އިދާރާއިން 11 ޑިސްޓްރިކްޓަކަށް ރެޑް އެލާޓް ނެރެފައިވާއިރު، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޓެލަންގަނާގެ އެންމެ އިސް އޮބްރޯކްރެޓް ޝާންތާ ކުމާރީ ވަނީ ބުނެފައެވެ އެވެ. 

ތެލެންގާނާގައި ސަރުކާރުން ހިންގާ 110 ރިލީފް ކޭމްޕަށް ހޯމަ ދުވަހުން ފެށިގެން މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން ބަދަލުކޮށްފައިވާ ކަމަށް އެ ސްޓޭޓުގެ އިންތިހާބުކޮށްފައިވާ އެންމެ އިސް އޮފިޝަލް އޭ ރެވަންތު ރެޑީ ވަނީ ބުނެފަ އެވެ.

އަންގާރަ ދުވަހުގެ ހަވީރު، ލަންކާގެ ސްކޫލުން އެނބުރި ގެއަށް ދަތުރުކުރަމުންދިޔަ 11 ކުދިން ދަތުރުކުރި ޓްރެކްޓަރެއް ފެންބޮޑުވުމުގެ ސަބަބުން އޮޔާ ދަމައިގަތުމާ ގުޅިގެން، އަށް މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވެ އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާއިން ފަސް ކުދިން ސަލާމަތްވެފައިވާއިރު، ބުދަ ދުވަހު އޭގެތެރެއިން ތިން ކުއްޖެއްގެ ހަށިގަނޑު ފެނިފައިވެ އެވެ.

މީގެ އިތުރުން، ފާރެއް ވެއްޓިގެން އަންހެނަކު މަރުވެފައިވާއިރު، ފެންބޮޑުވުމުގެ ސަބަބުން އިތުރު އެކަކު މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. 

ލަންކާގެ ޓީވީ ޗެނަލް ޑެރާނާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެއާފޯސް ހެލިކޮޕްޓަރުތަކުގެ އެހީތެރިކަމާއެކު ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ނޮވެމްބަރު 27 އިން ފެށިގެން ފަސް ދުވަހަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި ލަންކާއާ ކައިރިއަށް މި ކޮޅިގަނޑު ދަތުރުކޮށް ތޫފާނަކަށް ބަދަލުވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.