ޣައްޒާގެ ސްކޫލަކަށް ނިރުބަވެރިން ބޮން އަޅައި 10 މީހުން ޝަހީދުކޮށްލައިފި!

1 އަހަރު ކުރިން
|
0

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީން ޣައްޒާ ސިޓީގެ މެދުގައި ހުންނަ އަލް-ތާބިޢީން ސްކޫލަށް ދިން ބޮމުގެ ހަމަލާގައި 10  މީހުން ޝަހީދުކޮށްލައި އެތައްބައެއް ޒަހަމްކޮށްލައިފިއެވެ.

މި ސުކޫލަކީ ގެދޮރު ގެއްލިފައިވާ އެތައް މީހުން ދިރިއުޅެމުންދާ ސުކޫލެކެވެ.

މީގެ ކުރިންވެސް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލިން ވަނީ އެތައް ސުކޫލަކަށް ހަމަލާދީފައެވެ. މިގޮތުން އަލް-ތާބިޢީން  ސުކޫލަށް ފަތިހުގައި ފަތިސް ނަމާދުކުރަން ތިއްބައި ދިން ހަމަލާގައިވަނީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.

މިއަދު ފަތިހުން ގެށިގެން މިހާތަނަށް ޣައްޒާގެ އެކި ހިސާބުތަކުންވަނީ 24 މީހުން ޝަހީދުކޮށްލާފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމަށް 417 ދުވަސް ވެފައިވާއިރު މިހާތަނަށް ފަލަސްތީނުގެ 44،249 މީހުން ޝަހީދުވެ، 104،746 މީހުން ޒަޚަމްވެފައި ވެއެވެ.