ރާއްޖެއާއި ތަޖިކިސްތާނާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއް

1 އަހަރު ކުރިން
|
0

ވިސާ އާ ނުލައި 30 ދުވަހުގެ މުއްދަތައް ތަޖިކިސްތާނަށް ދޭވޭ ގޮތުގެ އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.

ނިއުޔޯކްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. ތަޖިކިސްތާން ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުހިކްމަތު ޖޮނިބެކް އިސްމޮއިލް އެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުމުގައި ސޮއިކުރުމާ އެކު، މިހާރު ވެސް އަމަލުކުރަމުންދާ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން ވިސާ އާއި ނުލާ 30 ދުވަހުގެ މުއްދަތަށް ދެ ގައުމުގެ ރައްޔިތުން ދަތުރު ކުރުމަށް އޮންނަ އުސޫލު ރަސްމީވާނެ ކަަމަށެވެ.