މޫދުގައި އަނިޔާތަކާއެކު އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރި ވަނީ

1 އަހަރު ކުރިން
|
0

ދަރުމަވަންތަ ހޮސްޕިޓަލު ކައިރި، ބޭރު ތޮށި މޫދުން އަނިޔާތަކާއެކުގައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، މޫދުގައި އަނިޔާ ލިބިފައި އޮއްވާ ފެނިފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމުގައި ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށެވެ.