އިންޑިޔާގައި ހަތަރު މުސްލިމުން މަރާލައިފި!

1 އަހަރު ކުރިން
|
0

އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ ސަމްބަލްގައި މިދިޔަ އާދީއްތަ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި މުސްލިމް ހަތަރު ފިރިހެނުން މަރައިލައިފިއެވެ.  މިޙަމަލާގައި އެމީހުންނަކީ ނައީމާއި ބިލާލާއި ނޫމާނު މަރުވެފައިވާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފިއެވެ. އެ ހަމަނުޖެހުމުގައި އަނިޔާވި 19 އަހަރުގެ މީހާ އަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން އޭނާ ވެސް މަރުވެފައިވާ ކަމަށް މީޑިއާ ތަކުން ބުނެއެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު 4އަކަށް އަރައެވެ. 

ފުލުހުންގެ ސީނިއާ އޮފިސަރެއް ކަމަށްވާ އައުންޖަނޭޔާ ކުމާރު ސިންގް ބުނި ގޮތުގައި އުއްތަރު ޕްރަދޭޝްގެ ހުރިހާ ސްކޫލަކާއި ކޮލެޖުތައް ވަނީ ބަންދުކޮށްފައެވެ. އާންމުން އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ. ހަމަނުޖެހުންތައް ހުއްޓުވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއްގެ ގޮތުގައި ނޮވެމްބަރު މަހުގެ 30ވަނަ ދުވަހާ ހަމައަށް ޚާއްޞަ ހުއްދައެއް ނެތި، އެ ޤައުމުން ބޭރު މީހުންނާއި އިޖުތިމާއީ ޖަމިއްޔާތަކާއި އާންމު މަންދޫބުން ފިޔަވައި އެހެން އެއްވެސް މީހަކު ސިޓީއަށް ވަނުން އޮތީ މަނާކޮށްފައެވެ.

ސަމްބަލްގެ ޕޮލިސް ޗީފް ކްރިޝަން ކުމާރު ބިޝްނޯއީ ބުނީ މިހާތަނަށް 25 މީހަކު ހައްޔަރުކޮށްފައި ވާ ކަމަށެވެ. އަދި ގާތްގަނޑަކަށް 2،500 އެއްހާ މީހުންނާ ދެކޮޅަށް ފުލުސް އޮފީހަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ސަޖްވާދީ ޕާޓީ (އެސްޕީ)ގެ ލޯކަލް މެމްބަރ އޮފް ޕާލަމެންޓް ޒިޔާ-ޔޯ-ރަހްމާން ބަރްކްގެ ނަން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.