ހައްދު ފަހަނަ އަޅާފައިވާ އިސްރާއީލުގެ ނިރުބަވެރިން ޣައްޒާއަށް މިދިޔައަހަރު އޮކްޓޯބަރުމަހު 7 ވަނަފުވަހުގައި ދޭންފެށި ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 44،200 އިން މައްޗަށް އަރައިފިއެވެ.
ޣައްޒާގައި އިސްރާއީލުން ހިނގި ނަސްލު ނައްތާލުމަށް ފެށި މި ހަނގުރާމާގައި 44،235 ފަލަސްތީނު ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީއިންވަނީ ބުނެފައެވެ.
އަދި މީގެ ތެރޭގައި 20،000 އަށްތުރެ ގިނަ ކުޑަކުދިން ހިމެނޭޖަމަށްވެސް ވަނީބުނެފައެވެ.
އަދި 104،638 އަށް ވުރެ ގިނަ މީހުންވަނީ ޒަހަމްވެފައެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައިވަނީ 24 މީލުން ޝަހީދުކޮށްލައި 91 މީހުން ޒަހަމްކޮށްލާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި އިސްރާއީލުން މިހާރު ވަނީ ފަލަސްތީނުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ 10،000 އެއްހާ ޓެންޓުތަކަށްގެއްލުން ދީފައެވެ.
ޣައްޒާގރ ހެލްތް މިންސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ގެދޮރު ގެއްލިފައިވާ މީހުންގެ ޓެންޓުތަކުގެ ތެރެއިން 81 އިންސައްތަ ޓެންޓުތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވަފަ ކަމަށެވެ. އެއީ 135،000 ޓެންޓުގެ ތެރެއިން 110،000 ޓެންޓު ކަމަށްވެސް އޭނާވަނީ ބުނެފައެވެ.
މީގރ އިތުރުން އިސްރާއީލުގެ ބާރުގެ ދަށުން 250،000 ޓެންޓާއި ކާފިލާ (މޮބައިލް ހޯމް) ޣައްޒާ ސްޓްރިޕްއަށް ވަނުމަށް ހުރަސް އެޅީ ފައިވާކަމަށްވެސް އޭނާ ވަނީ ބުނެފައެެވެ. އަދި މިއީ ނުރައްކާތެރި އިންސާނީ ހަގީގަތެއްގެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ފިނި މޫސުން ފެށުމާއި ލޯ ޕްރެޝަރު ސިސްޓަމްގެ ސަބަބުން ފާއިތުވި ދެ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 10،000 އެއްހާ ޓެންޓު ކަނޑުގެ ފެނުގެ ސަބަބުން ފުނޑުފުނޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށްވެސް ހެލްމިނިސްޓްރީގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެެވެ.
ޣައްޒާގައި ގެދޮރު ގެއްލިފައިވާ އެތައް ލައްކަ ބަޔަކު ލަސްވުމުގެ ކުރިން ސަލާމަތްކުރުމަށް އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާތަކަށް ތަކުރާރުކޮށް ވަނީ ގިވައިލާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ