ފާއިތުވި 24 ގަޑިއިރުތެރޭގައި ލުބުނާނުގައި 31 މީހުން މަރާލައިފި

1 އަހަރު ކުރިން
|
0

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ލުބުނާނުގެ އެކިހިސާބުތަކަށް މިދިޔަ 24 ގަޑިއިރުތެރޭގައި ދިން ހަމަލާތަކުގައި 31 މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ހެލްތް މިނިސްޓްރީއިން ބުނެފިއެވެ.

މި ހަމަލާތަކުގައި ޒަހަމްވީ ކިތައްމީހުން ކަމެެއް އަދި ސާފުވެފައެއް ނުވެއެވެ.

ލުބުނާނުގެ ސަރުކާރުން ތާޢީދުކުރާ  ހިޒްބުاللهއާއެކު ކުރަމުން އަންނަ ހުއްޓާލުމަށް އަށްނަ 48 ގަޑިއިރުތެރޭގައި އިސްރާއީލުން އެއްބަސްވާނެ ކަމަށް ބޭރުގެ މީޑިއާތަކުން މައުލޫމާތުދެއެވެ.

އެހެން ނަމަވެސް  ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ދިން ހަމަލާގެ ސަބަބުން  މި އެއްބަސްވުމަށްއަސަރު ކުރާނެ ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

ލުބުނާނުގައި ހަނގުރާމަ ފެށިފަހުން އިސްރާއީލުން ދިން  ހަމަލާތަކުގައި ލުބުނާނުގެ 3،768 މީހުން މަރުވެ 15،699 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.