ރާއްޖެ ހިމެނޭ ސަރަހައްދުގައި ދެ ކޮޅިގަނޑެއް އުފެދި ކުރިޔަށް އޮތް ފަސް ދުވަހު ވައި ބާރު ކަނޑުތަށް ގަދަވާނޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓުން ބުނީ ރާއްޖޭގެ އިރުން ބޭ އޮފް ބެންގަލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ. އަދި އެ ކޮޅިގަނޑުގެ ބާރު ކުރިޔަށް އޮތް 24 ގަޑިއިރު އިތުރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.
އެކޮޅިގަނޑު ދަތުރު ކުރާނެ ކަމަށް ބެލެވެނީ ހުޅަނގު އުތުރަށް އިންޑިއާގެ ޓަމިލްނާޑު އަދި ސްރީލަންކާއާ ހިސާބަށް ކަމަށް ވެސް ވަނީ މެޓް އިން ބުނެފައެވެ.
މި ކޮޅިގަނޑުގެ އިތުރުން ވެސްރާއްޖޭގެ އިރުދެކުނުގައި ކޮޅިގަނޑެއް އުފެދިފައިވާކަމަށް މެޓްއިން ވަނީ ބުނެފައެވެ.
އެހެންކަމުން މި ދެކޮޅިގަނޑާއި ގުޅިގެން ކުރިޔަށް އޮތް ފަސް ދުވަހު އާއްމު ވައި ބާރުވެ ކަނޑުގަދަވާނޭކަމަށް މެޓްއިން ވަނީ ލަފާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު