ސަރުކާރުގެ ފާއިތުވި އެއް އަހަރުދުވަހުގެ ތެރޭގައި މާލީ ވުޒާރާއިން ކޮށްފައިވާ މުހިންމު ކަންކަން ފާހަގަކުރުމަށް ބޭއްވި ހަރަކާތްތައް ނިންމައި، އެންމެ ފަހު ހަރަކާތެއްގެ ގޮތުން އާއިލީ ހަވީރެއް އިއްޔެ ބާއްވައިފިއެވެ.
މި ހަރަކާތުގައި މި ވުޒާރާގެ އިސްވެރިންނާއި އަދި ޖުމްލަކޮށް ހުރިހާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތައް ވަނީ ބައިވެރިވެފައެވެ.
އެގޮތުން މުވައްޒަފުންވަނީ ކުޑަކުދިންނާއި ގުޅޭ ތަފާތު އެކި ހަރަކާތްތަށް ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތް އިންތިޒާމު ކޮށްފައިވަނީ މާލީ ވުޒާރާގެ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމެންޓުން ނެވެ. އެމީހުން ބުނެފައިވަނީ މިފަދަ ހަރަކާތެއްގެ މަޤްސަދަކީ މާލީ ވުޒާރާގެ ހީވާގި މުވައްޒަފުންގެ ތެރޭގައި އެކުވެރިކަން އާލާކޮށް، އެކި ޓީމްތަކުގެ ތެރޭގައި އޮން ގުޅުން އިތުރަށް ހަރުދަނާކުރުންކަމަށެވެ އަދި އައިލާއާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުން ކަމަށެވެ.
އަދި އޭގެ އިތުރުން މި ފަދަ ހަރަކާތްތަކުގެ ސަބަބުން މާލީ ވުޒާރާގެ ގިނަ ދުވަސްވީ މުވައްޒަފުންނާއި އަދި އަލަށް ގުޅުނު މުވައްޒަފުން ތަޢާރަފްވެ އެއް މާހަލަކުން އެ މުވައްޒަފުންގެ އާއިލާތައް ބައްދަލުވެ ރައްޓެހިކަން އިތުރުވެގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު