ވިލިމާލެއާއި ހުޅުމާލޭގައި ވެސް އައިޑީ ކާޑް ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފި

1 އަހަރު ކުރިން
|
0

ވިލިމާލެ އާ ހުޅުމާލޭގައި ވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ. 

މިހާތަނަށް މާލެއިން އެކަނި ލިބުނު އައިޑީކާޑުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މިގޮތުނަ އައިޑީ ކާޑް ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތުގެ ދުވެލި އަވސްކޮށް، ރައްޔިތުންނާ ގާތުން  އެ ޚިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ރައީސް އިފްތިތާހުކޮށްދެއްވީ މި މަހުގެ 16ވަނަ ދުވަހުއެވެ.

މި ގޮތުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން މިހާރު ވަނީ ވިލިމާލޭ އީ-ބްލޮކުންނާއި ހުޅުމާލޭ ފޭސް ވަންގެ އުމަރު ޒާހިރު ބިލްޑިނގއިން މި ޚިދުމަތް ލިބޭ ގޮތް ހަދާފައެވެ. އަދި މީގެ އިތުރުން ހުޅުމާލޭ ފޭސް 2ގެ ވިނަރެސް ޓަވަރ 02ގެ ފުރަތަމަ ފަންގިފިލާއިން ވެސް އައިޑީ ކާޑުގެ ޚިދުމަތް މިއަދު ދޭން ފަށައިފިއެވެ.

ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ޤާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ވަނީ ފަށާފައެވެ. އަދި ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ޚިދުމަތްވެސް މި އަހަރު ވަނީ ތަޢާރަފު ކޮށްފައެވެ.