ހައްދުފަހަނަ އަޅަފައިވާ އިސްރާއީލުގެ ޔަހޫދީން ލުބުނާނުގެ ވެރިރަށް ބައިރޫރަށް ދިން ހަމާލާއެއްގައި 20 މީލުން މަރުވެ 90އަށްވުރެގިނަ މީހުން ޒަހަމްވެފައި ވާކަމަމަށް ލުބުނާނުގެ ހެލްތް މިނިސްޓްރީއިން ބުނެފުއެވެ.
އިސްރާއީލިގެ ނިރުބަވެރިން ބުނެފައިވާގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ މުހައްމަދު ހައިދަރު ކަމަށެވެ. އޭނާއަކީ ސީރިއާއިން ހަތިޔާރު އަދި އެޑްވައިޒަރުން ހިޒްބު الله އަށް ފޯރުކޮށްދީ، ހިޒްބު الله ޤުދުސް ފޯސްގެ ޔުނިޓް 8،000 ބޭނުންކޮށްގެން ހިޒްބުالله އިން ހިންގާ ސިއްރު އަސްކަރީ ޕްރޮޖެކްޓްތައް ތަރައްގީ ކުރުމުގެ ޒިންމާ އޮތް މީހާކަމަށް ވާތީއެވެ. ނަމަވެސް ހިޒްބު الله އިން ބުނެފައިވާގޮތުގައި މުހައްމަދު ހައިދަރު އެސަރަހައްދުގައި ނެތެވެ.
ލުބުނާނުގެ ދައުލަތުގެ މީޑިއާތަކުން ބުނާގޮތުގައި މިފަހަރު އިސްރާއީލުން ދިން ހަމަލާ އަމާޒުވީ ގިނައަދަދަކަށް އާންމުން ދިރިއުޅެމުންދާ އިމާރާތަކަށެވެ.
މި ހަމަލާގައި އިމާރާތް އެއްކޮށް ބިމާ ހަމަވެފައިވާކަމަށް މީސްމީޑިގލއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ. އަދި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ހުއްޓުމެއްނެތި އިމާރާތުގައި ދަށުވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އިސްރާއީލުން ނިރުބަވެރިން ލުބުނާނަށް ހަމަލާތައް ދޭން ފެށިފަހުން 3،670 މީހުން މަރުވެ 15،413 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ