އިޒްރޭލުގެ މިނިސްޓްރީ ފޯ ޑައިސްޕޯރާ އެފެއާޒުން ކުރި ސާވޭއަކުން އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ އެމެރިކާ-ޔަހޫދީ ޓީނޭޖަރުންގެ 36.7 އިންސައްތަ ޓީނޭޖަރުން "ހަމާސްއަށް ހަމްދަރުދީވާ" މި ބަޔާނަށް "އެއްބަސްވެ" ނުވަތަ "ވަރަށް ބޮޑަށް އެއްބަސްވި" ކަމަށާއި މިއީ އެމެރިކާއިން ބޭރުގައި ތިބި ޔަހޫދީ ޓީނޭޖަރުންގެ ތެރެއިން އެންމެ 7 އިންސައްތަ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިވެ.
އެއަށްވުރެ ވެސް ބޮޑަށް ވިސްނާލަން ޖެހޭ ކަމަކީ، ޣައްޒާގައި އިޒްރޭލުން "ގަތުލުއާންމު ހިންގަމުންދާ" ކަމަށް ބުނާ ބުނުމަށް އެމެރިކާ-ޔަހޫދީ ކުދިންގެ ތެރެއިން 41.3 އިންސައްތަ ކުދިން އެއްބަސްވެފައިވާއިރު، ބައިނަލްއަގްވާމީ ބައިވެރިންގެ ނިސްބަތަކީ އެންމެ 10 އިންސައްތަ އެވެ. މީގެ އިތުރުން 66 އިންސައްތަ މީހުން ވަނީ ޢާންމުގޮތެއްގައި ފަލަސްޠީނުގެ ރައްޔިތުންނާ މެދު ހަމްދަރުދީ ފާޅުކޮށްފައެވެ.
މި ޚިޔާލުތަކާއެކުވެސް، އިސްރާއީލަށް ތާއީދުކުރާކަމަށް ގިނަ ޢަދަދެއްގެ މީހުން ވަނީ ފާހަގަކޮށްފައެވެ. އެމެރިކާ-ޔަހޫދީ ޒުވާން ކުދިންގެ ތެރެއިން 62 އިންސައްތަ މީހުން ނަކީ ޒަޔަނިސްޓުންކަމަށް ދެކޭއިރު، 84 އިންސައްތަ މީހުން ވަނީ އިސްރާއީލަށް "ޔަހޫދީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ ޙައްޤު" ލިބިގެންވާކަން ކަށަވަރުކޮށްދީފައެވެ.
އެމެރިކާގެ ޒުވާން ޔަހޫދީން އިސްރާއީލާ ގުޅުން ކުޑަކަމަށް މި ސާވޭއިން ވަނީ ދައްކާފައެވެ.. އަދި އިސްރާއީލަށް ތާއީދުކުރާ ޔަހޫދީ ޖަމާއަތްތަކުން އިސްރާއީލާ ގުޅުން ބަދަހިކުރުމަށް ޒުވާން ޑިމޮގްރަފިކްސް ބައިވެރިކުރުމަށް ވަނީ ގޮވާލާފައެވެ. އަދި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހިނގި ހާދިސާތަކަށްފަހު އިސްރާއީލަށް އެމީހުންގެ ތާއީދު އިތުރުވެފައިވަނީ ވަރަށް ކުޑަ މިންވަރެއްގައި ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ