ހިފާފައިވާ ފަލަސްތީނުގެ އަލްޤުދުސް ސިޓީއަކީ އިސްރާއީލުގެ "ވެރިރަށު" ގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް އިޓަލީގެ ކޯޓަކުން ނިންމައި، އެފަދަ މަގާމަކުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވާނެ ކަމުގެ ޔަގީންކަން ދީފި އެވެ.މި ޙުކުމަކީ ދުނިޔޭގެ ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޙުކުމެކެވެ.
ރޯމް ކޯޓުން ބުނީ ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަކީ އިޓަލީން "ސުލްހަ އާއި ނިއުޓްރަލިޓީ" އަށް ވެފައިވާ ވައުދާއި އިންސާފުވެރި ގަރާރަކަށް ތާއީދު ކުރުމުގެ މަސްއޫލިއްޔަތާ ހިލާފު ކަމެއް ކަމަށެވެ.
ފަލަސްތީނަށް ތާއީދުކުރާ ޖަމާއަތްތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ވަނީ އެ ހުކުމަކީ ފަލަސްތީނުގެ ހައްގުތައް ދަމަހައްޓާ ބައިނަލްއަގުވާމީ ގާނޫނީ މިންގަނޑުތައް ހަރުދަނާ ކުރުމުގެ ހުކުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އަލްޤުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެއްފަރާތަކުން ބަލައިގަތުމުން ސުލްހައިގެ ފުރުޞަތު ތައް ހަނިވެ، ހިފާފައިވާ ސަރަޙައްދުތަކުގައި އިސްރާއީލުގެ ޢަމަލުތައް ޤާނޫނީ ގޮތުން ހަރުދަނާވެގެންދާކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ފަލަސްތީނާ ބެހޭ އދގެ ސްޕެޝަލް ރެޕަޓުއާ ފްރާންސެސްކާ އަލްބަނީޒް ވަނީ މި ނިންމުމަށް ތައުރީފު ކުރައްވައި، މިއީ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައި ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބުނުން ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލާފައެވެ. މި ހުކުމަކީ ސަލާމަތީ މަޖިލީހުގެ ގަރާރު 478 ފަދަ އދ.ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިޒްރޭލުން އަލްޤުދުސްގެ މައްޗަށް ކުރާ ދަޢުވާ ބާޠިލް ކަމަށް ދެކި، އެތަނުގައި ޑިޕްލޮމެޓިކް މިޝަންތައް ޤާއިމުނުކުރުމެވެ.
https://x.com/franceskalbs/status/1859734419814350902?s=46
އިޒްރޭލުން 1967 ވަނަ އަހަރު ހުޅަނގު އައްސޭރި އާއި އިރުމަތީ އަލް ޤުދުސް ހިފުމަށްފަހު ހަދާފައިވާ 230 އަށްވުރެ ގިނަ އާބާދީތަކުގައި އިޒްރޭލުގެ ހަތް ލައްކައަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، އެ ހުރިހާ އާބާދީއަކީވެސް ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޖެނީވާ މުއާހަދާތަކުގެ ދަށުން ގާނޫނާ ޚިލާފު ކަމެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ