ޔޫއެފްސީ ތަރި މައިކަލް "ވެނަމް" އިސްލާމްވެއްޖެ!

1 އަހަރު ކުރިން
|
0

ޔޫއެފްސީއާ މި އަހަރު ކުރީކޮޅު ގުޅުނު މައިކަލް "ވެނޮމް" ޕޭޖްގެ ނަމުން މަޝްހޫރުވި ބެލެޓާގެ ކުރީގެ ތަރި މައިކަލް ޖެރޯމް ރީސް-ޕޭޖް އިސްލާމްވެއްޖެއެވެ.

އޭނާ އިސްލާމްވުމުން އޭނާގެ ސަޕޯޓަރުންނާއި މުސްލިމުންގެ ކޮމެންޓްތަކުން ދޭހަވީ އެ މީހުންގެ އުފާވެރިކަމެވެ. އެކަމާ އުފާވި ސަޕޯޓަރެއް ކޮމެންޓުގައި ލިޔުނެވެ. "އުފާވެރި ޚަބަރެއް، الله ތަޢާލާ އޭނާއަށް ހުރިހާ ކަމެއް ފަސޭހަކޮށްދެއްވާށިއެވެ."

ޕޭޖަކީ އިނގިރޭސިވިލާތުގެ އުމުރުން 37 އަހަރުގެ ފައިޓަރެކެވެ.  އޭނާގެ ބައްޕަ އަކީ ޓްރިނިޑާޑަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާގެ މަންމަ އަކީ ޖެމެއިކާއަށް ނިސްބަތްވާ މީހެކެވެ.

ޔޫއެފްސީ ކައުންޓްޑައުން އެޕިސޯޑަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ބޮޑުވީ މާޝަލް އާޓިސްޓުންގެ އާއިލާއެއްގައި ކަމަށާއި އޭނާގެ މައިންބަފައިންނަކީ ވެސް ލާއު ގަރް ކުންގްފޫ ޕްރެކްޓިޝަނަރުންނެވެ. ޕޭޖް ބުނީ އޭނާ ކުޑައިރުއްސުރެ ކިކްބޮކްސިން ދަސްކުރުމުން އާއިލާ އެހެން އަވަށަކަށް ބަދަލުވި އެވެ. އަދި އޭގެ ސަބަބުން އުނދަގޫތަކުން ދުރުވުމަށް މަގުފަހިވި ކަމަށެވެ.

ޕޭޖް މަޝްހޫރުވެފައި ވަނީ އޭނާގެ ކަރާޓީ ބޭސްޑް ސްޓައިލަށެވެ. ކިކްބޮކްސިން، ބޮކްސިން އަދި ބޭއާ ނަކްލް ބޮކްސިންގައި ވާދަކޮށްފައިވާ ޕޭޖް ވަނީ މިކްސް މާޝަލް އާޓްސް އިން ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ އަކީ 2012ވަނަ އަހަރު މި ކުޅިވަރަށް ތައާރަފުވި ފަހުން އާންމުކޮށް ހުރިހާ މުބާރާތެއްގައި ވާދަކުރާ ކުޅުންތެރިއެކެވެ.

ޕްރޮފެޝަނަލް މިކްސްޑް މާޝަލް އާޓިސްޓެއްގެ ގޮތުގައި އޭނާ ހޭދަކުރި ކެރިއަރުގައި 2 މެޗުން ބަލިވެފައި އޮތަސް އޭނާ ވަނީ 22 މެޗުން މޮޅުވުމުގެ ރެކޯޑު ހޯދާފައެވެ. އެތައް އަހަރަކަށް ފަހު 2023 ވަނަ އަހަރު ބެލޭޓަރުގައި ހޭދަކުރި މުއްދަތު އޭނާ ވަނީ ފައިޓް ޕްރޮމޯޝަނާ އެކު ނިމުމަކަށް ގެނެސްފައެވެ. އެންމެ ފަހުން އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ)އަށް ޕޭޖް ސޮއިކުރި އިރު، އޭނާ ވަނީ 2024ވަނަ އަހަރުގެ މާޗް މަހުގެ ނުވަވަނަ ދުވަހު ޔޫއެފްސީ 299ގައި ކެވިން ހޮލެންޑާ ދެކޮޅަށް ކުޅުނު ވެލްޓާވެއިޓް ބައުޓެއްގައި ކުޅެފައެވެ.