ހައްދުފަހަނަޅާފައިވާ އިސްރާއީލުން ޢައްޒާގެ ހޮސްޕިޓަލްތަކަށް ތެޔޮ އެތެރެކުރުމަށް ހުރަސްއަޅަމުން އެބަދެއެވެ. ތެޔޮ ނުލިބުމުގެ ސަބަބުން "48 ގަޑިއިރުގެ ތެރޭގައި" ހިދުމަތް ހުއްޓާލަން ނުވަތަ ހިދުމަތް ދިނުން މަދުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ޣައްޒާގެ ޞިއްޙީ އޮފިޝަލަކު ބުނުއްވައިފިއެވެ.
ޣައްޒާގެ ފީލްޑް ހޮސްޕިޓަލްތަކުގެ ޑިރެކްޓަރު މަރްވާން އަލް ޚަމްސް ހުކުރު ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނުއްވީ، ޣައްޒާގެ ހޮސްޕިޓަލްތަކަށް ތެޔޮ ވެއްދުމަށް ހުރަސް އެޅުމުގެ ސަބަބުން 48 ގަޑިއިރުގެ ތެރޭގައި ހުރިހާ ހޮސްޕިޓަލެއްގައި ވެސް މަސައްކަތް ކުރުން ހުއްޓާލަން ޖެހިދާނެކަމަށެވެ. ނުވަތަ ޚިދުމަތްތައް މެދު ކެނޑިދާނޭތީ އަވަސް އިންޒާރެއް ދެއްވާ ކަމަށެވެ.
އަދި ޣައްޒާގައި ހިނގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ ބޭނުން ހިފުމަށް ބައިނަލްއަގުވާމީ މުއައްސަސާތަކަށް މަރްވާން ވަނީ ގޮވައިލާފައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރެއް އައިސީސީން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ހިންގި "އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ" ކުށުގައެވެ.
އިޒްރޭލުގެ ހަމަލާގެ ސަބަބުން ޣައްޒާގެ އުތުރުގެ ސަރަހައްދުގައި ހިންގަމުން އަންނަ ހަމައެކަނި މެޑިކަލް ފެސިލިޓީގައި ކަމާލް އަދްވާން ހޮސްޕިޓަލުގައި "ބޭހެއް ނުވަތަ މެޑިކަލް ސާމާނެއް ނެތް" ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ހުސާމް އަބޫ ސާފިޔާ ވަނީ ވިދާޅުވެފައެވެ.
ޑަބްލިއުއެޗްއޯގެ ތަރުޖަމާނު މާގްރެޓް ހެރިސް އަންގާރަ ދުވަހު ވިދާޅުވީ އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން ބެއިތް ލަހިޔާގެ ކަމަލް އަދްވާން ހޮސްޕިޓަލާމެދު އެ ޖަމިއްޔާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
ކަމާލް އަދްވާން ހޮސްޕިޓަލަށް އިސްރާއީލުގެ ނިރުބަވެރިން ދޭ ހަމަލާތައް ދަނީ ދުވަހުންދުވަހަށް އިތުރުކުރަމުންނެވެ. މި ގޮތުން މިދިޔަ 24 ގަޑިއިރުތެރޭގައި 2 ހަމަލާވަނީ އެސަރަހައްދަށް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން ވަނީ ޑޮކްޓަރުންނާއި އާންމުންނަށް އެކިވަރުގެ އަނިޔާތަށް ލިބިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ